މަސްވެރިންނަށް ފައިސާ ދިނުމަށް ދައުލަތުގެ މާލީ ހާލަތު ތަނެއްނުދޭ، މިނިސްޓަރ ޝިޔާމު

މަސްވެރިން ކިރުވި މަހަށް މިފްކޯއިން ފައިސާނުދީ 2 މަސްދުވަހަށްވުރެ ގިނަދުވަސްވެގެން ދިއުމާގުޅިގެން މަސްވެރިން މިއަދު ވަނީ މިފްކޯގެ ކޫއްޑޫއަށް އެއްވެ އިހުތިޖާޖު ކުރަން ފަށާފައެވެ. މި އިހުތިޖާޖުގައި މަސްވެރިންގެ ޑިމާންޑްތަކަށް ޖަވާބުދާރީވުމަށް ރައީސް ޑރ. މުއިއްޒުގެ އެންގެވުމަށް ފިޝަރީސް މިނިސްޓަރ ޝިޔާމު ވަނީ ކޫއްޑޫއަށް ވަޑައިގެން އިހުތިޖާޖުގެ ބައިވެރިންނާ ވާހަކަދައްކައިފައެވެ. މަސްވެރިންނަށް ޖަވާބުދާރީވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މަސްވެރިންނަށް ފައިސާ ދިނުމަށް ދައުލަތުގެ މާލީ ހާލަތު މިވަގުތު ތަންނުދޭކަމަށެވެ. އަދި އެ ފައިސާ މާރިޗް މަހުގެ 5 ގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މިކަމާގުޅިގެން މަސްވެރިން ވަނީ މިނިސްޓަރ ޝިޔާމުއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް އަޑުއުފުލައިފައެވެ. އެގޮތުން ބައެއް މަސްވެރިން ފާހަގަކޮށްފައިވާގޮތުގައި މަސްވެރިންގެ ފައިސާއިން ސަރުކާރުގެ އެހެން ހަރަދުތައް ކުރަމުންދާކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ކެނޑިޑެޓުން ހޮވުމަށް ކުރަންޖެހޭ ހަރަދުތަށް ކުރުމަށް މަސްވެރިންގެ ފައިސާނުދީ ލަސްކުރަމުންދާކަމަށް ފާހަގަ ކޮށްފައެވެ. އަދީ ހަމައެއާއެކު ސަރުކާރުން ރައީސާއި ނައިބްރައީސް ހިމެނޭގޮތަށް ދައުލަތުގެ ބޮޑެތިވަފުދުތަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި މިލިއަނުން ހަރަދުތަށް ކުރެވޭ ކަމަށާއި، ރައީސް މުއިއްޒުއަށް ރާއްޖޭގެ ރައްތަކަށް ދަތުރުކުރުމަށް އެތަށް ލައްކައިން ހަރަދުތަށް ކުރެވޭކަމަށާއި އެހެންނަމަވެސް މަސްވެރިންނަށް މަސްވެރިން ކުރި މަސައްކަރުގެ ފައިސާ ދޭންވީމައި ދައުލަތުގެ ހަޒާނާގައި ލޯ ލާރިއެއްވެސް އޮންނަކަމަށް ނުވާކަމަށްބުނެ ވަރަށްބޮޑަށް މަސްވެރިންގެ އިހުސާސްތަށް ބަންޑުންކޮށްލާފައެވެ.

މަސްވެރިން މިހާލަތަށް ދިޔުމުގައި ސަރުކާރުގެ “މިސްމެނޭޖްމަންޓަށް” ވަރަށްބޮޑަށް ފާޑުވިދާޅުވެ ބައިވެރިން ވަނީ ގަދައަޑުން އަޑުއުފުލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *