އުޅަނދު

  • ގދ. މަޑަވެލި “އަލިމަސް”

    ގދ. މަޑަވެލި “އަލިމަސް”

    ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ގދ މަޑަވެލީގައި ދުއްވުމަށް ތައްޔާރުވަމުންއަންނަ އަލިމަސް ދޯންޏަކީ ޒަމާނީ މަސްވެރިކަމެއް ކުރުމަށް ފަރުމާކޮށްފައިވާ ފައިބަރު ދޯންޏެކެވެ. ދިގުމިނުގައި 114 ފޫޓު އަދި ފުޅާމިނުގައި 26 ފޫޓު ހުންނަ މިދޯނީގެ ފަށަން ބަހައްޓައިފައިވަނީ 2021 ވަނައަހަރުގެ އޮކްޓޯބަރ 18 ވަނަ ދުވަހުއެވެ. ދޯނީގެ ފައިބަރު މަސައްކަތާއި އިންޖީނާއި ޖެނެރޭޓަރ ސެޓް އަދި ފެންފިނިކުރާ ނިޒާމް ހަރުކޮށް މޫދައް ބާލައިފައިވަނީ 2023 ސެޕްޓެމްބަރ 27 ވަނަދުވަހުއެވެ. އަލިމަސް ދޯނި ބަނދުމުގެ މަސައްކަތް ކޮށްފައިވަނީ ގދ ހޯޑެއްދޫގައެވެ.…

  • ވިންދު

    ވިންދު

    2023 ވަނަ އަހަރު ހދ. މަކުނުދޫއިން ބޮޑުކަންނެލި މަސްވެރި ކަމަށާއި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ މޫދަށް ބޭލި ވިންދު ދޯންޔަކީ ދިގުމިނުގައި 91  ފޫޓް އަދި ފުޅާމިނުގައި 27  ފޫޓް ހުންނަ ދޯންޏެކެވެ . މި އުޅަނދަކީ ޒަމާނީ މަސްވެރިކަމަށް ތައްޔާރުކޮށް ފައްކާކޮއްފައިވާ ދޯންޏެކެވެ. ބަލައިލަން ހިތްގައިމު ފައިބަރު މިދޯނީގެ މާވަޑިއަކީ ހއ އިހަވަންދޫއަށް ނިސްބަތްވާ  ސަބްދެލީގެ މުހައްމަދު އަބްދުالله (މާންބެ) އެވެ. މިދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށް ރައްކައިކުރެވޭނެ…

  • ފަހިރާސްތާ

    ފަހިރާސްތާ

    2023 ވަނައަހަރު ހއ އިހަވަންދޫއިން މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ މޫދަށް ބޭލި ފަހިރާސްތާ ދޯނީގެ ދިގުމިނުގައި 83  ފޫޓް އަދި ފުޅާމިނުގައި 26  ފޫޓް ހުރެއެވެ. މިއުޅަދަކީ ޒަމާނީ މަސްވެރިކަމަށް ތައްޔާރުކޮށް ފައްކާކޮއްފައިވާ ދޯންޏެކެވެ. ބަލައިލަން ހިތްގައިމު ފައިބަރު މިދޯނީގެ މާވަޑިއަކީ ހއ އިހަވަންދޫއަށް ނިސްބަތްވާ އެރަށު ސަބްދެލީގެ މުހައްމަދު އަބްދުالله (މާންބެ) އެވެ. މިދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށްގެން ރައްކައިކުރެވޭނޭ ގޮތަށް މަސް ވަތްތަށް ވަނީ ފޯރމް ދުއްވާ ތައްޔާރުކޮށްފައެވެ. 18 ފަޅުވެރިންނަށް އެއްވެސް…