43 ވަނަ މަސްވެރިންގެ ދުވަސް، ސަރުކާރުން މަސްވެރިންނަށް ދަރައި މަސްވެރިން ބަނގުރޫޓް ވުމާ ގާތަށް

ސަރުކާރު ކުންފުނި “މިފްކޯ” އިން މަސްވެރިން އަތުން ގަތް މަހުގެ ލާރި 2 މަހާ ގާތަށް ކުރެޓިޓްވެ މަސްވެރިންގެ އާމްދަނީއަށް ދަތިވެ މަހަށްފުރަާނެ ފަޅުވެރިން ލިބުމުގެ ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް ގިނަ ކެޔޮޅުންނާއި އޮޑިވެރިން ސޯސަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ދައްކަން ފަށާފިއެވެ. މީ ހަގީގަތުގައިވެސް މަސްވެރިކަމުގެ ސިނާއަތު ދަށަށް ގޮސްފައިވާ މިންވަރު އަންގައިދޭ ކަމެއްކަން ކަށަވަރެވެ. މި ހާލަތަށް ސިނާއަތް ވެއްޓިގެން ދިއައިރު ޔަގީނުންވެސް ގިނަ މަސްވެރިން ފާހަގަ ކުރާ އެއްކަމަކީ މަސްވެރިކަމުން ނަފާނުވާ އާއިލާއެއް މަދުވާނެކަން، ރާއްޖޭގެ އިގްތިސާދަށް މަސްވެރިންގެ މުހިންމުކަން ދައްކުވައިދިނީ ކޮވިޑްގެ ބޮޑު ވަބާކަމެވެ. މިއަދު މަސްވެރިންގެ ޝަކުވާތަކާއި ތަކްލީފްތަކަށް ހައްލެއް ލިބޭނެ އިންތިޒާރުގައި މަސްވެރިން ތިއްބައި ސިނާއަތް ހުއްޓި ނިމިދިއުމުގެކުރިން ހައްލެއް ލިބޭނެބާއޭ މިއަދު ގިނަބަޔަކު ސުވާލުއުފާއްދައެވެ.

މަސްވެރިކަމުގެ މާޒީއަށް ފީނާލާއިރު ދިވެހި މަސްވެރިކަމުގެ މިޒަމާނުގެ ފެށުން ގުޅިފައިވަނީ ޖަޕާން ސަރުކާރުގެ އެހީގައި 10 ޑިސެމްބަރު 1974 ވަނައަހަރު މަސް ދޯންޏެއްގައި އިންޖީނު އެޅުމާ ހަމައިންނެވެ. އިންޖީނު އެޅި ދޯނިފަހަރުގެ ބޭނުން މަސްވެރިންނަށް ފެނި ތަޖުރިބާ ކުރެވެން ފެށި ހިސައިބުން ޒަމާނާއެކު މަސްވެރިނާއި އޮޑިވެރިންގެ ވިސްނުން ބަދަލުވާން ފަށައި، ރިއަލު ދޯނިން ރިއަލާއެކު އިންޖީނު އެޅި ދޯނިފަހަރަށް ބަދަލުވެއްޖެއެވެ. އެއާއެކު ރިއަލު ދޯނިތައް އެެކޮށްމެ އިންޖީނު އެޅި ބޮޑެތި ލަކުޑި ދޯނިތަކަށް ބަދަލުވެއްޖެއެވެ. މިއައި ބަދަލާއެކު މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފެށިއެވެ. ބާނާ މަހުގެ ރޭޓް އިތުރުވެ، މަސްވެރި ކަމުގެ ބާވަތްތަކަށް ވެސް ބަދަލުތަކެއް އައިސް، ކަޅުބިލަ މަހުގެ މަސްވެރިކަމުގެ ތެރަށް ބޮޑު ކަންނެލީގެ މަސްވެރިކަން އެއްވެއްޖެއެވެ. އަދި އޭގެ އިތުރުން ފާނަ މަސްވެރިކަމާއި ހުއިފިލާނޑާގެ މަސްވެރިކަން ވެސް އިތުރުވެ މަސްވެރިކަން ބޮޑުތަނުން ފުޅާވިއެވެ.

މަސްވެރިންތަކެއް ދޮށިއަޅަނީ

ދަޅުމާހާއި ހިކިކަޑުމަސް އެކްސްޕޯޓް ކުރެވޭ މިންވަރު ބޮޑުތަނުން އިތުވެ، މަސް ފިނިކުރާނެ ކޯލްޑް ސްޓޯރޭޖްތަށް ގާއިމްކޮށް، މަސްވެރިކަމުގެ ސިނާއަތް ރަނގަޅަށްވެސް ދިވެހިންގެ ލޭނާރު ކަމުގައި ވިއެވެ. ޒަމާނުގެ ފުރޮޅުންތަކާއެކު މަސްވެރިން މާބޮޑަށްމެ ތަރައްގީ ވެއްޖެއެވެ. ލަކުޑި ދޯނިފަހަރުތަށް ފައިބަރ ދޯނިތަކަށް ބަދަލުވެ، ދޯނިފަހަރުތަކުގައި މަސް ފިނިކޮށް ގެންގުޅެވޭނެ އިންތިޒާމް ގާއިމްކޮށްފިއެވެ. އެންވެރިކަން ކުރާ ގޮތާއި އެންދިރުވާ ގޮތާއި މަސްވެރިކަން ކުރާގޮތް ވަރަށްބޮޑަށް ތަރަށްގީކޮށް މަސްދޯނިފަހަރަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފިއެވެ. މީ މަސްވެރިންނާއި އޮޑިވެރިން ކުރި ބުރަ މަސްއްކަތުގެ ނަތިޖާއެވެ.އެހެންނަމަވެސް ހިތާމައަކީ މަސްދޯނި ފަހަރު ތަރައްގީވެ މަސްވެރިކަން ކުރާގޮތް ތަރައްގީ ވި ވަރަށް 20 ވަނަ ގަރުނު ފެށުމާ ހަމައިން ސަރުކާރުން މަސްވެރިކަން ތަރައްގީކޮށް މަސްގަންނަ ކުންފުނިތައް ތަރައްގީ ވާންޖެހޭ ވަރަށް ތަރަށްގީނުވާކަމެވެ. މަސްވެރިކަމާ ގުޅުންހުރި ކަންކަމާއި އެކަންކަމުން މަސްވެރިންނަށް ލުއިފަސޭހަ ގެނުވާނެ ކަންތަށް ތަރައްގީ ނުކުރެވޭކަމީ މަސްވެރިން ހިތާމަ ކުރާކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *