މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ނުދެވި ލަސްވެފައި

ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް، މިފްކޯގެ ފެކްޓްރީތަކަށް ކިރާ މަހުގެ ރޭޓަށް ގެނައި ބަދަލާއި ގުޅިގެން މަސްވެރިންނަށް ލިބެންޖެހޭ އެތައް މިލިއަށް ރުފިޔާއެއް ނުދެވި ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޓޫރިޒަމް ޤާނޫނަށް ގެނައި ބައެއް ބަދަލުތަކާއި ގުޅިގެން މަސްވެރިކަން ދޫކޮށް ރިސޯޓްތަކުގެ ވަޒީފާއަށް ގިނަ އަދަދެއްގެ ޒުވާނުން ދިޔުމާއި ގުޅިގެން މި ދާއިރާ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަޅުގަނޑުމެނަށް މަޢުލޫމާތު ލިބޭގޮތުގައި މީގެ ސަބަބުން ގިނަ ދޯނި ފަހަރު މަހަށް ނުފުރި, ހިންގޭނެގޮތް ނުވުމުގެ ސަބަބުން ވިއްކައިފަވެސް އެބަހުއްޓެވެ. އަދި ބައެއް ދޯނިތަށް މުދާ އުފުލާ އުޅަނދުތަކަށްވެސް ބަދަލުކޮށްފައި ވެއެވެ. ހަމައެހެންމެ ދިވެހި ފަޅުވެރިން ނުލިބުމުގެ ސަބަބުން މިހާރު މަސްވެރިކަމަށް ނުކުންނަ ދޯނި ފަހަރުގައި ގިނައީ އަވަށްޓެރި މަލިކު މަސްވެރިންނާއި ބަގުލަދޭޝް މީހުންނެވެ.

ބައެއް އޮޑިވެރިންގެ ފަރާތުން މަޢުލޫމާތު ލިބޭގޮތުގައި މިފްކޯއަށް ކިރާ މަހަށް ފައިސާ މިހާރު ލިބެނީ 30 ދުވަހާއި 45 ދުވަހާއި ދެމެދުގެ ތެރޭގައެވެ. މިގޮތަށް މިކަން ހައްލު ނުކުރެވި ދިގު މުއްދަތެއް ހޭދަވެއްޖެނަމަ ބިދޭސީ ފަޅުވެރިންވެސް މަސްވެރިކަން ދޫކޮށް ޤަވާއިދުން އާމްދަނީ ލިބޭނެ ކޮންމެވެސް އެހެން ދާއިރާއަކަށް ދިއުމުގެ ބިރުވެރިކަން ވަރަށްވެސް ބޮޑެވެ. “ޢަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި. -ކެޔޮޅު ހަސަންބެ-“

ގިނަ ދޯނި ފަހަރަކީ ބޭންކުން ލޯނު ނަގައިގެން ހަދާފައިވާ ދޯނި ތަކެވެ. މަދުވެގެން 30 ހާހައި 70 ހާސް ރުފިޔާގެ އަދަދެއް ބޭންކައް ކޮންމެ މަހަކު ލޯނު ރީޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ކަމުގައިވެސް ބައެއް އޮޑިވެރިންގެ ފަރާތުން މަޢުލޫމާތުވަނީ ލިބިފައެވެ. މިފްކޯގެ ޕޭމަންޓްތައް ލަސްވުމުގެ ސަބަބުން ބޭންކައް ގަވާއިދުން މިހާރު ލޯނު ދެއްކޭގޮތްވެސް ވެފައިނުވާކަމަށްވެއެވެ. އޭގެ އިތުރުން ފަޅުވެރިންގެ އަނބި ދަރިންގެ ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުވަނީ ނުކުރެވިފައެވެ. މިއީ މިހާރު މިޤައުމުގައި އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ޤައުމި ބޮޑު މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދު ފުއްދުމަށް ވަކި ފަރުދަކަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ރެސްކިޔު ޑައިވަރުން, ބޮލަކަށް 35،000 ރުފިޔާ ދީގެން ތަމްރީނު ކުރުމުގެ އެންމެ މުނާސަބު ވަގުތަކީ މީއީތޯއެވެ. ރައީސް ޑރ. މުއިއްޒަކީ ދުރުވިސްނޭ އިލްމީ ބޭފުޅެއްނަމަ ބުއްދީގެ ބޭނުންކޮށް ކުރުން ލާޒިމް ނޫން އެއްވެސް ކަމެއް މިދަނޑިވަޅުގައި ނުކުރަށްވާނެއެވެ. މި ސުވާލު އަމިއްލަފުޅުނަފުސައްކޮށް އަމިއްލަފުޅު ސިކުނޑިއަށް އަންނަނީ ކޮންޖަވާބެއްތޯ ބައްލަވައިށެވެ.

One thought on “މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ނުދެވި ލަސްވެފައި

  1. މިނިސްޓަރ ސިޔާމުމެން މެންބަރު ކަމުގައި އަނގަ ފޭކޮށްގެން އޭރު ހުންނެވި މިނިސްޓަރު ޑރ.ހުސޭނަށް ބެވިއިރު ކޮބައިތޯ މިއަދު މަސްވެރިންގެ ހައްގު. މަގާމާއި ބާރު ލިބުނީމަ މަސްވެރިން މަތިން ހަނދާން ނެތިއްޖެ

Leave a Reply

Your email address will not be published. Required fields are marked *