ކޮންމެ ސަރުކާރެއްގައިވެސް ފިޝަރީޒު މިނިސްޓަރު ފެއިލްވަނީ ކީއްވެ؟

ހުރިހާ ސަރުކާރެއްގައިވެސް ފިޝަރީޒް މިނިސްޓަރު ފެއިލް ވެފައިވަނީ ކީއްވެގެންކަން އަޅުގަނޑުމެނަށް ރައީސް އޮފީހުގެ އިސް މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ކިޔާ ދެއްވައިފިއެވެ. މަސްވެރި ކަމުގެ ސިނާޢަތު ތަރައްޤީ ކުރުމަށް އެތައް މިލިއަން ޑޮލަރެއްގެ ފަންޑް ލިބޭކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ފަންޑްތަކަށް ވާނުވާއެއްވެސް ނާންގާ ގިނަފަރަށް ބޭނުންކޮށްފައި ހުންނަނީ ގާތް ބޭފުޅަކަށް މަންފާއާއި ނާޖާއިޒު ގޮތުގައި ފައިދާ ލިބޭ ގޮތަކަށެވެ. “މި ކަން މި ގޮތަށް ހިގާތާ އެތަށް އަހަރެއްވެއްޖެ” އެބޭ ފުޅާ ވިދާޅުވިއެވެ. 

މިހާރުވެސް ލިބިފައި ހުރި އެތަށް މިލިއަށް ޑޮލަރެއްގެ ފަންޑު އެބަހުރި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މީގެ ތަފްސީލް މިނިސްޓްރީންވެސް އަދި ރައީސް އޮފީހުގައި ވެސް ހުންނާނެއެވެ. “އަސްލު މި ދާއިރާގެ ބެލެނިވެރިއަކު ނެތް” އޭނާ ކިޔާ ދެމުން ބުނުއްވިއެވެ. ކޮންމެ ސަރުކާރަކުންވެސް މަސްވެރިކަމުގެ ސިނާޢަތަށް ވެފައި ހުންނަނީ ބޭކާރު ވައުދެވެ. މި ސިނާޢަތު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނައެވެ. އޭގެ ފަހުގައި މެނުވީ ރިޔާސީ ވަޢުދު ފުއްދޭނެ މަގެއް އަޅުގަނޑުމެނަށް ނުފެނެއެވެ. 

ކޮންމެ ސަރުކާރަކުންވެސް ބޮޑެތި މަޝްރޫއުތަށް ހިންގަވަން ފަށާއިރު އެ މަޝްރޫއެއް އެކި ފޭސްތަކަށް ބަހާލައެވެ. ނަމަވެސް މަސައްކަތުގެ އިލްމާއި ތަޖުރިބާ ނެތުމުގެ ސަބަބުން ކޮންމެ މަޝްރޫއެއްވެސް ނުނިމި ޕްރޮޖެކްޓުގެ އެކި ފޭސްތަށް އެކި އިރު ކުރުމުގެ ސަބަބުން އޮންނަނީ ނުނިމި ފައެވެ. އަދި ފެށިފައި ހުންނަ ގިނަ ޕްރޮޖެކްޓްތަށް ފަހުން އޮންނަނީ ބޭކާރު ގޮތުގައި ކުރެވިފައިވާ ބޮޑު ހަރަދަކަށްވެ ނުނިމިފައެވެ. މީގެ ސިއްރަކީ ކޮބައިތޯއެވެ.

މަސައްކަތުގެ ތަޖުރިބާއާއި އިލްމު ހުންނަ ވެރިން ކަންކުރާ ގޮތަކީ ހުރިހާ ފޭސްތަކެއް ތަރުތީބުންކޮށް ނިންމުމެވެ. އަޅުގަނޑުމެން މިކަމަށް ފުންކޮށް ވިސްނާ ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މިކަހަލަ ކަންތަށް ކޮށްފައި ހުންނަނީ ޤައުމަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުވިސްނާ އެއިރެއްގަ ހުނަންވާ ވެރިއަކު ގަސްތުގައެވެ.  އޭގެ ސަބަބުން މަސްލަހަތު އޮންނަ ކޮންމެވެސް ފަރާތަކަށް ބޮޑުތަނުން އެތައްފައިދާއެއް އޮންނަނީ ހޯދާ ދެވިފައެވެ. މިއީ ރައްއިތުން ފުންކޮށް ވިސްނާ އެފަދަ ޢަމަލުތަށް ހިންގާ ފަރާތްތަކަށް ނުނެކޭ ބުނަން ޖެހިފައިވާ ވަގުތެކެވެ. 

ރައީސް ޑރ. މުއިއްޒަކީ ޤައުމަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ވިސްނަވާ ވެރިއެއްނަމަ ކިތަންމެ އަރިސް ބޭފުޅަކު ގޯސްކޮން ކަމެއް ކުރިކަމުގައިވިޔަސް އެބޭފުޅަކާއިނުލައި ސަރުކާރު ހިންގެވެން ޖެހޭނެއެވެ. ނޫންނަމަ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދު ތަކަކީ ވިޔަފާރި އުސޫލުން ގަނެފައިވާ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން މަސްވެރިން އޭގައި ސިލް ޖަހާނަމެވެ.

Leave a Reply

Your email address will not be published. Required fields are marked *