މަސް ބޭރުކުރާ އަމިއްލަ ކުންފުނިތަކާއިމެދު ސަރުކާރުން ނުވިސްނާ

އެނގިވަޑައި ގަންނަވާނޭ ފަދައިން ކޮންމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން މަސްވެރިންނަށް ވަރަށް ބޮޑެތި ވަޢުދުތަށް ވަމުން ގެންދެއެވެ. އެގޮތަށް ވެވޭ ވަޢުދު ތަކުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ބައެއްފަހަރު ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައި އެބަހުއްޓެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސް ގަންނަ ރޭޓު ކިލޯއަކަށް 17 ރުފިޔާއިން 25 ރުފިޔާ ބޮޑު ކުރުމާއި ގުޅިގެން މިއަދު މިވަނީ ސަރުކާރުގެ މަސް ގަން ކުންފުނިތަކަށްވެސް އަދި އަމިއްލަ ކުންފުނިތަކަށްވެސް ވަރަށް ބޮޑަށް މާލީ ގޮތުން އަސަރު ކޮށްފައެވެ.

މިފަދަ ކަންތައްތަށް ކުރާއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނަނީ ކީއްގެއްބާއެވެ. މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ބޭރުގެ ބޭންކު ތަކުންނާއި ރާއްޖޭގެ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ މިފަދަ ވިޔަފާރިތަށް ހިމާޔަތް ކުރުމަކީ ކޮށްމެ ސަރުކާރެއްގެމައްޗަށް ލާޒިމް ކަމެކެވެ. އަދި ހަމަ އެއާއެކު ވެވިފައިވާ ވަޢުދެއް ފުއްދުމަށް ކުރާ ބޭކާރު ހަރަދު ސަރުކާރުން ހުއްޓާލުމަކީވެސް މިފަދަ މާލީގޮތުން ޤައުމުގެ ހާލަތު ދައްވެފައިވާ ދުވަސްވަރެއްގައި ވަރަށް މުހިއްމު ކަމެކެވެ. އަދި އެ ވަޢުދެއް ފުއްދުމަށް އެއްމެ މުނާސިބް ވަގުތުގައި އެކަން ކުރުމުގެ މުހިއްމުކަން އިސްކުރުމަކީވެސް ވަރަށް އެދެވޭކަމެއް ކަމުގައި ލޮބުވެތި މަސްވެރިން ބުނެއެވެ.

އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން އަމިއްލަ ކުންފުނިތަކަށް މަސް ގަތުންވަނީ ހުއްޓާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަޅުބިލަމަހަށް އަގު އެއްކޮށް ބަންދުކުރާ ދަޅުމަސް އުފައްދާ ނިސްބަތް މިއަދު މިވަނީ މަދުވެފައެވެ. އަދި ބައެއް ކުންފުނިތަކުން ފެކްޓަރީ އޮޕަރޭޓު ކުރާ ވަގުތުވެސް ވަނީ މަދުކޮށްފައެވެ. މީގެ އަސަރު ސީދާ ގޮތުންނާއި ނުސީދާގޮތުން ވަނީ މުވައްޒަފުންނަށް ކޮށްފައެވެ. މުސާރަ ރިވައިސް ކުރުމާއި މުވައްޒަފުން މަދުކުރުންވެސް ވަނީ މަބެއް ކުންފުނިތަކުން ކުރަންފަށާފައެވެ.

ފާނަ ގަނެ އެކްސްޕޯޓް ކުރާ ކުންފުނިތަކުން ބުނާ ގޮތުގައި ވަރަށް ގިނަ ފާނަ މަސްވެރިން ވަނީ ކަޅުބިލަ މަސްވެރިކަމަށް ހިޖުރަ ކޮށަފައެވެ. އެއީ މިފްޕޯގެ ފެކްޓްރީތަކަށް ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން މަސްގަންނާތީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފާނަ ބޭރުކުރާ ކުންފުނިތަކަށްވެސް ބަރާބަރަށް ފާނަ ލިބުން ވަނީ ދަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނިތަކުން ފާނަ މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ވަނީ ނުދެވި ވަރަށް ބޮޑުތަނުން ލަސްވެފައެވެ. މި ގޮތަށް ޕޭމަންޓްތަށް ލަސްކުރުމަށް އެ ކުންފުނިތަކަށްވަނީ މަޖުބޫރު ވެފައެވެ. އެއީ ކުންފުނި ދެމެހެއްޓުމަށް އެކްޕޯޓް ހުއްޓާނުލާ ކުރިއަށް ގެއްދަން މަޖުބޫރު ވެފައިވާތީ ކަމުގައި އެ ކުންފުނިތަކުން ބުނެއެވެ. “އެއަރ ލައިންތަކަށް ބާރަބަރަށް ކޮން ޝިޕްމަންޓަކަށް ޕޭނުކުރަނީސް ކާގޯ ސްލޮޓް ނުއެއްދޭނެ” -އަޅުގަނޑު މެނަށް މަޢުލޫމާތު ދެމުން ފާނަ ބޭރުކުރާ ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.

މީގެ ހަޤީޤީ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެއެވެ. އަދި މާލީގޮތުން ދަތި ތަހައްމަލްކުރާ މަސްވެރިކަމާއި ގުޅުންހުރި ކުންފުނިތައް ހޯދާ ދެނެގަނެ ފައިނޭންޝިއަލް ސަޕޯޓުވެސް ދީގެން މިކުންފުނިތަށް ހިމާޔަތް ކުރުމަކީ ރައީސް ޑރ. މުއިއްޒަށް ކޮންމެހެން ކުރުން ލާޒިމް ކަމެކެވެ. ނޫންނަމަ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގުވެއްޓި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޑރ. މުއިއްޒަށް ގެއްލުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ.

Leave a Reply

Your email address will not be published. Required fields are marked *