ވިންދު

2023 ވަނަ އަހަރު ހދ. މަކުނުދޫއިން ބޮޑުކަންނެލި މަސްވެރި ކަމަށާއި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ މޫދަށް ބޭލި ވިންދު ދޯންޔަކީ ދިގުމިނުގައި 91  ފޫޓް އަދި ފުޅާމިނުގައި 27  ފޫޓް ހުންނަ ދޯންޏެކެވެ . މި އުޅަނދަކީ ޒަމާނީ މަސްވެރިކަމަށް ތައްޔާރުކޮށް ފައްކާކޮއްފައިވާ ދޯންޏެކެވެ. ބަލައިލަން ހިތްގައިމު ފައިބަރު މިދޯނީގެ މާވަޑިއަކީ ހއ އިހަވަންދޫއަށް ނިސްބަތްވާ  ސަބްދެލީގެ މުހައްމަދު އަބްދުالله (މާންބެ) އެވެ. މިދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށް ރައްކައިކުރެވޭނެ ގޮތަށް މަސް ވަތްތަށް ވަނީ ފޯރމް ދުއްވާ ތައްޔާރުކޮށްފައެވެ.

20 ފަޅުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ނިދޭނެ ގޮތަށް އެކޮމޮޑޭޝަން ވަނީ ފުރިހަމަކޮށްފައެވެ.  ޔަންމާ 659 ހޯސްޕަވާރގެ އިންޖީނެއް އަޅައިފައިވާ މިދޯނީގައި ކަރަންޓު އުފެއްދުމަށް ކަމިންސް ޖަނަރޭޓަރެއް ވަނީ ބަހައްޓައިފައެވެ. މި ދޯނީގެ ދުވެއްޔަކީ ގަޑިއަކު 13 ނޯޓިކަލް މޭލެވެ. އެހެންނަމަވެސް ދިޔަފެން ލައިގެން ދޯނީގެ ދުވެއްޔަކީ 12 ނޯޓިކަލް މޭލެވެ.

ވިންދު ދޯނީގެ ފުރަތަމަ ދަތުރު ކަންބަލުންނާއެކު


ކޮވިޑްގެ ހާލަތާހުރެ ދޯނި ބަނެ މޫދަށް ބޭލުމާ ހަމައަށް 4 އަހަރުގެ މުއްދަތެއް ވޭތުވެ ދިޔަޔަސް ދޯނީގެ މަސައްކަތް ކޮށްފައި ވަނީ ވަރަށްވެސް ފުރިހަމައަށެވެ. މިދޯނި ފުރަތަމަ މަހަށް ފުރައިފައިވަނީ މަކުނުދޫގެ ކަނބަލުންވެސް ހިމަނައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *