ފަހިރާސްތާ

2023 ވަނައަހަރު ހއ އިހަވަންދޫއިން މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ މޫދަށް ބޭލި ފަހިރާސްތާ ދޯނީގެ ދިގުމިނުގައި 83  ފޫޓް އަދި ފުޅާމިނުގައި 26  ފޫޓް ހުރެއެވެ. މިއުޅަދަކީ ޒަމާނީ މަސްވެރިކަމަށް ތައްޔާރުކޮށް ފައްކާކޮއްފައިވާ ދޯންޏެކެވެ. ބަލައިލަން ހިތްގައިމު ފައިބަރު މިދޯނީގެ މާވަޑިއަކީ ހއ އިހަވަންދޫއަށް ނިސްބަތްވާ އެރަށު ސަބްދެލީގެ މުހައްމަދު އަބްދުالله (މާންބެ) އެވެ. މިދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށްގެން ރައްކައިކުރެވޭނޭ ގޮތަށް މަސް ވަތްތަށް ވަނީ ފޯރމް ދުއްވާ ތައްޔާރުކޮށްފައެވެ.

18 ފަޅުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ނިދޭނެ ގޮތަށް އެކޮމޮޑޭޝަން ވަނީ ފުރިހަމަކޮށްފައެވެ.  ޔަންމާ 405 ހޯސްޕަވާރގެ އިންޖީނެއް އަޅައިފައިވާ މިދޯނީގައި ކަރަންޓު އުފެއްދުމަށް ކަމިންސް ޖަނަރޭޓަރެއް ވަނީ ބަހައްޓައިފައެވެ.  ޔަންމާ މީޑިއަމް ހެވީ ގިޔަރު އަޅައިފައިވާ މިދޯނީގެ ދުވެއްޔަކީ ގަޑިއަކު 12.7 ނޯޓިކަލް މޭލެވެ. 

ހއ އިހަވަންދޫގެ މައި އިޤްތިސޯދަކީ މަސްވެރިކަމެވެ. ހީވާގި މަސްވެރިންތަކެއް ދިރިއުޅޭ އިހަވަންދޫގައި މަސްވެރިކަމަށް ދުއްވަމުން އަންނަ 17 ދޯނި އޮވެއެވެ. މިހުރިހާ ދޯނިތަކަކީވެސް ފައިބަރު ދޯނިތަކެއްކަން ފާހަގަކޮށްލެވެއެވެ. 

Leave a Reply

Your email address will not be published. Required fields are marked *