މަސްވެރިން ޝާމިލްވާގޮތަށް ކޯޕަރޭޓިވް ސޮސައިޓީއެއް ހަދަނީ

މަސްވެރިކަމުގެ ސިނާޢަތު ތަރައްގީކޮށް، މަސްވެރިންގެ ލާބަޔާއި ކުރިއެރުމަށް މަސައްކަތްކުރާ ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ކޯޕަރޭޓިވް ސޮސައިޓީ އުފައްދައި، އެ ސޮސައިޓީ މެދުވެރިކޮށް މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނެ ބޯޑު މެމްބަރެއް އައްޔަން ކުރުމަކީ މި ސަރުކާރުގެ “ހަފްތާ 14” މަގުޗާޓުގައި ވެސް ހިމެނޭ ވައުދެކެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސްވެރިންގެ ހިމެނޭ ގޮތަށް ހިމެނޭ ގޮތަށް މަސްވެރިންނަށް ހާއްސަ ކޯޕްރޭޓިވް ސޮސައިޓީއެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހިމެނުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށް ހުޅުވާލައި، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް އައްޔަނުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.

މި ސޮސައިޓީ އުފެއްދުމުގެ ވާހަކަ ރައީސް މުއިއްޒު ކެބިނެޓުގައި މަޝްވަރާ ކުރެއްވެވި އިރު މިފްކޯއަށް ކިރާފައިވާ މަހުގެ ފައިސާ މަސްވެރިންނަށް ނުދޭތާ ދެމަސް ދުވަހަށްވުރެއް ގިނަވެއްޖެއެވެ. މަސްވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ރައީސް މުއިއްޒުގެ އެއްވެސް ބަހެއް މި ކަމާއިގުޅިގެން އެއްވެސް މީޑިއާއަކުން ގެނެސް ދީފައެއް ނުވެއެވެ. އަދި މިނިސްޓަރ ޝިޔާމްވެސް މި ދުވަސްވަރު މީޑިއާއަށް ތިލަވާ މިންވަރު ވަނީ ބޮޑުތަނުން މަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *