ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފޭސްބުކުގައި ޕޯސްޓުކޮށްފައިވާ ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އ.ދ މަހިބަދޫ އަސުރުމާ 3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ސިފައިން އަރައިފިކަމަށް މައުލޫމާތު ލިބިއްޖެ ކަމަށެވެ .އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ބަލައިދިނުމަށް އެދިފައިވެއެވެ.

މި މަޢުލޫމާތު ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބުމުން އެކަން ބަލަމުންދާ ކަމަށާއި ދޯނިއޮތް ދިމާލަށް ކޯސްޓްގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާކަމަށް ދިވެހި ސިފައިން އެކްސް ގައި ޕޯސްޓް ކޮށްފައިވެއެވެ.

ދޯނީގައި މިވަގުތު އިންޑިއާ ސިފައިން އެބަތިބި ކަމަށް ދޯނީގެ ކެޔޮޅު މައުލޫމާތު ދެއްވައިފައިވާކަމަށް ޔޫނިއަނުންވަނީ ރިޕޯޓް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *