މަސްވެރިންނަށް ނުދެވި ހުރި ފައިސާ ލޯނަކުން ހަމަޖައްސައި ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މަސްވެރިން ކިރުވާމަހަށް ފައިސާ ނުލިބޭތާ 2 މަސްދުވަސް ވުމާ ގުޅިގެން މަސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އެފައިސާ ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި މަސްވެރިންނަށް މިހާތަނަށް ނުދެވި ހުރި ފައިސާގެ އަދަދު 270 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. މިއަދު މަސްވެރިން ގުނަމުންދަނީ މީންދުވަހަކުވެސް ދެކިފައިނުވާ ވަރަށްވެސް ހިތްދަތި އުނދަގޫ ދުވަސްތަކެއްކަމަށް މަސްވެރިން ފާހަގަ ކުރައްވައެވެ.

މިފްކޯއިން އެންމެފަހުން ފައިސާ ޖަމާކޮށްދިނީ 2023 ނޮވެންބަރު މަހުގެ 30 ވަނަދުވަހުއެވެ. ވުމާއެކު މަސްވެރިންނާއި އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަރަށްވެސް ދަތިވެ ނުފުއްދިފައިވާ މިދަނޑިވަޅުގައި ވީހާވެސް އަވަހަށް ފައިސާ ހަމަޖެހިގެން ދިއުން އެއީ މަސްވެރިން އެދިއެދި ހުރި ކަމެކެވެ.

މިވަގުތު މަސްވެރިންނަށް ރައީސް ވާހަކަކޮޅުން އުފާވެރިކަން ލިބުނު ކަމުގައިވީނަމަވެސް މަސްވެރިން ދިރިއުޅެމުން ދަނީ ކަންމަތީ ފިހާރަތަކުގެ ފޮތުގައި ލޭންދޭނަށް ޖައްސައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *