​މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ ބޭކާރު އެހެން ހަރަދުތައް ކުރާތީ


މަސްވެރިންނަށް ފައިސާ ނުދެވުމުގެ ކަންބޮޑުވުންތަކައް މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް އެކްސް ގައި ކުރެއްވި ޕޯސްޓައް ރައްދު ދެއްވަމުން ރައީސް ސޯލިހް ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރު ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދެވި އޮންނާނީ 185 މިލިޔަން ރުފިޔާ ކަމަށެވެ.

މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ތަފްސީލާއެކު އަމީރު ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ފައިސާ ދިނުމަށް ސަޕްލެމެންޓްރީ ބަޖެޓުގައި 100 މިލިޔަން ހިމަނައި އެއިންތިޒާމު ހަމަޖައްސައިފައިވާނޭ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ކޮންމެ ހަފްތާއަކު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާނެކަމަށެވެ. މިހާރަށްވުރެއް މާދަތިހާލަތުގައިވެސް މަސްވެރިންގެ ފައިސާ ސަރުކާރުން ހަމަޖައްސަމުން ގޮސްފައިވާނެކަމަށްވެސް އަމީރު ލިޔުއްވައިފައިވެއެވެ. މިސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓަނީ މަސްވެރިންނަށްވުރެއް އެހެން އިޝްރާފުތައް މުހިންމުވީމަކަމަށްވެސް އަމީރު ވިދާޅުވެފައި ވެއެވެ.

ފާހަގަކޮށްލެވޭގޮތުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ކިރުވިމަހަށް ފައިސާ ނުދެވޭތާ ބަރާބަރު 2 މަސްދުވަސްވަނީ ވެފައެވެ. މަސްވެރިންނަށް ދޭނެ ފައިސާ ދައުލަތުގެ ހަޒާނާގައި ނެތުމުގެ ސަބަބުން ސަވަރިން ގެރެންޓީ ދީގެން ލޯނެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *