މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެޔަށް ގެނާމާ، މަސް ލާރިއަށް މި ހަދަނީ، މަސްވެރިވި އަންހެނުންނޭ!

މަސްއޮޑި މަހުން ލެފީމާ

މަސްބައި ގެޔަށް ގެނާމާ

މަސް ލާރިއަށް މި ހަދަނީ

 މަސްވެރިވި އަންހެނުންނޭ 

މީ މީގެ 20 އަހަރު ކުރީން މަސްވެރިންގެ ދިރިއުޅުން ސިފަކޮށްދޭ ޅެމެއް މެއެވެ. ޅެމުގެ ބަސްތަކުން އޭރުގެ މަސްވެރިންގެ އަނބިން ކުރަމުންއައި މަސައްކަތް ސިފަކޮށްދެއެވެ. އެޒަމާނުގައި މަސްވެރިން އާމްދަނީ ހޯދަމަށް މަސައްކަތް ކުރަމުންދާ ގޮތް ސިފަވެގެން ދެއެވެ. މަސް ކައްކާ ހިއްކައެވެ. ކެއްކި މަހުގެ ދިޔަގަނޑުން ރިހާކުރު ހަދައެވެ. ބުރަ މަސައްކަތްތަކެއްކޮށް މަހަށް ބޮޑުއަގު ހޯދައިދީ އާމްދަނީ ހޯދައެވެ.

 ޒަމާން ބަދަލުވެ ހިކި މަސް އުފެއްދުމާއި ރިހާކުރާއި އަދި އޭގެ އިތުރުން މަހުން ތައްޔާރުކުރާ ބާވަތްތަށް އުފެއްދުން އިތުރުވަމުން އައެވެ. މަސް ކައްކާ ހިއްކާ މިހުން އެމަސައްކަތް ފުޅާކުރި އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2015 އާއި ހަމައަށް އެ މަސައްކަތް ވަރަށް ފުޅާކޮށް މަސްވެރި ރައްތަކުގައި ކުރިއެވެ. ރާއްޖޭގެ ދެކުނުން ގެމަނަފުއްޓާއި މާވަށް އެއީ ފާހަގަކޮށްލެވޭ ދެ ރަށެވެ. އުތުރުން ނަމަ އިހަވަންދޫ ފާހަގަކޮށްލެވޭނެ އެވެ. 

މަހުން އުފައްދާ ބާވަތްތައް ދުނިޔޭގެ ބާޒާރުގައި މާކެޓް ކުރުން މަދުވެ ޑިމާންޑް ދައްވުމާއެކު މިހާރު އެ މަސައްކަތް ކުރާ ފަރާތްތަށް ވަރަށްވެސް މަދެވެ. އެކަމުން ލިބޭ އާމްދަނީ މާބޮޑުތަނުންކުޑަވީއެވެ. ވުމާއެކު އެކަމުގައި ބާވެރިވި އަންހެން ކަނބަލުންގެ އާމްދަނީ ހުއްޓިއްޖެއެވެ. މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުވެއްޖެއެވެ. މިހާރުގެ ނަމުން ނަމަ ގޭދޮށު މަސް ފެކްޓްރީތައް ހުއްޓި އެކަންވެސް އުވި ދަނީއެވެ. މިފަދަ ކުދި ވިޔަފާރިތަށް ދެމެހެއްޓުމަށް އެދެވޭ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރެވިފައި ނެތުމަކީ ވިޔަފާރި ކުރިނާރައި ހުއްޓާލަން ޖެހުން ސަބަބެއްމެއެވެ. މި އިންޑަސްޓްރީ ގައި ހިއްކި މަހުގެ މާކެޓް ހޯދުމަށް ކުރެވޭ މަސައްކަތް މާ ބޮޑުތަނުން މަދީއެވެ. މި މާކެޓް އަލުން އަނބުރައި ހޯދައި ދެވިއްޖެނަމަ މަސްވެރިކަމަށް މިހާރު ދިމާވެފައިވާ އަޑިގަނޑުން އަރައިގަތުމަށް އެޅޭ ފިޔަވަޅެއްކަށް ވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *