މެރިން ރާޑަރަކީ ކޮބައި ހެއްޔެވެ؟

މެރިން ރާޑަރަކީ ބޯޓުތަކުގައި ހަރުކޮށްފައި ހުންނަ އެކްސް ބޭންޑް (10 ގިގަހާރޒް)  ނުވަތަ އެސް ބޭންޑް (3 ގިގަހާރޒް) ފްރީކުއެންސީތަކުގެ ދަށުން ހަދާފައިވާ  ރާޑަރެކެވެ. މިއީ އެހެން ބޯޓުތަކާއި އެއްގަމާއި އަދި ތިލަ ތަންތަން ދެނެގަތުމަށް ބޭނުންކުރާ އަދި ކަނޑުމަތީގައި ހިގާ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް، ކަނޑުގައި ދަތުރުކުރުމަށް ބެއަރިންގ އާއި ދުރުމިން ދެނެގަތުމަށް  ބޭނުންކުރާ އާލަތެކެވެ. އެކަން ކުރަނީ އެނބުރޭ އެންޓެނާއެއް ބޭނުންކޮށްގެން ބޯޓުގެ ވަށައިގެން މައިކްރޯވޭވްގެ ހަނި ބީމެއް އުޑުމައްޗަށް (ވައިގެ ތެރެއަށް) ފޮނުވާލައި، އެއިން ރިފްލެކްޓްވާ މައިކްރޯވޭވްތަކުން އަމާޒުތައް ދެނެގަނެ، ޑިސްޕްލޭ ސްކްރީނެއްގައި ބޯޓު ވަށައިގެން މަންޒަރެއް ކުރަހާ އިލެކްޓްރޯނިކް ނޭވިގޭޝަން އިންސްޓްރޫމެންޓެކެވެ.

ރާޑަރަކީ ކަނޑުގައި ނުވަތަ އެތެރެވަރީގައި ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް މުހިންމު ނޭވިގޭޝަނަލް ކޮމްޕޯނެންޓެކެވެ. އަދި ރާޑަރުގެ ބޭނުމަކީ މޫސުން ގޯސްވެގެންދާ ހާލަތްތަކުގައިވެސް ކެޕްޓަނުންނަށް އުޅަނދު ފަހަރު ދަތުރުކުރެވޭނެ ގޮތް ހޯދައި ދިނުމާއި، ރޭގަނޑު ފެންނަން ނުހުން ތަންތަން ދެނެގަނެ ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ދައްކުވައި ދިނުމެވެ. ބަނދަރުގައި ނުވަތަ އުޅަނދުފަހަރުގައި ހަރުކޮށްފައިވާ ރާޑަރުގެ އެހީގައި ކާރު ބާރު ބޮޑު ކަނޑުތަކުގައި ދަތުރު ކުރާ ބޯޓުތައް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމަށްވެސް ރޭޑަރ ސިސްޓްމް ބޭނުންކުރެއެވެ. އަދި މަސްވެރިން މަސް އައިން މަތީ އުދުހޭ ދޫނި ހޯދުމަށްވެސް ރާޑަރު ބޭނުން ކުރެއެވެ.

ކަނޑުގެ މާހައުލުގައި އެކަނި ރާޑަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ނަމަވެސް ބޭރު ކަނޑުގައި މަސްވެރިން މަސް އައިންމަތީ އުދުހޭ ދޫނި ހޯދުމަށް ބޭނުން ކުރެއެވެ. މިޒަމާނުގައި މިކަން ކުރަނީ ތަފާތު އެތައް ސްކްރީނަކަށް ނެވިގޭޝަން ޑިސްޕްލޭތައާއި ރާޑަރު އިންޓަގްރޭޓް ކޮށްގެންނެވެ. ގިނަ ފަހަރަށް ޑިސްޕްލޭތަކުން ބޯޓުގެ ލޮކޭޝަނާއި ޖީޕީއެސް ނެވިގޭޝަން ޗާޓާއި، އަދި ސޮނާ ޑިސްޕްލޭއާއި ރާޑަރ ޑިސްޕްލޭ އޮވަރލޭ ކޮށްގެންވެސް ބޭނުން ކުރެއެވެ. މިއީ އުޅަނދު ވަށައިގެންވާ ސަރަހައްދު މޮނިޓަރކޮން އުޅަނދު ދުއްވުމަށް ރައްކާތެރި އަދި ފަސޭހަ ގޮތަކަށް ވެގެންދެއެވެ.

ވިޔަފާރި ބޯޓުތަކުގައި ރާޑަރު އިންޓަގްރޭޓްކޮށްފައިވަނީ ޗާޓްޕްލޮޓަރސް، ސޮނާރ، ޓޫ-ވޭ މެރިން ރޭޑިއޯ، ޔޫއެސް ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީޕީއެސް) ފަދަ ސެޓެލައިޓް ނެވިގޭޝަން (ޖީއެންއެސްއެސް) ރިސީވަރސް، އަދި އިމަޖެންސީ ލޮކޭޓަރސް ފަދަ ކަނޑުގެ އިންސްޓްރޫމެންޓު ބޭނުން ކޮށްގެންނެވެ. 20 ވަނަ ގަރުނުގެ ކުރީކޮޅު ޑޭޓާ ބަދަލުކުރުމަށް ޑިޖިޓަލް ޑޭޓާ ބަސްތަކާއެކު މި ޑިވައިސް ވަރަށް ބޮޑަށް ކުރިއަރާފައިވެއެވެ. މިސާލަކަށް ބައެއް ތަންތަނުގައި ބޯޓުގެ މަތީގައި. ތިރީގައި އަދި ބޯޓުގެ ވަށައިގެން ނެވިގޭޓަރުންނަށް ފެންނަ ގޮތަށް 3ޑީ ޑިސްޕްލޭތައް ހުންނައިރު، އޭގެ ތެރޭގައި ސެޓެލައިޓް އިމޭޖިންގެ އޮވަރލޭތައް ވެސް ބޭނުން ކޮށްފައި ހުރެއެވެ.

ރާޑަރުގެ އެހީގައި އެކިއެކި އިންހެރެންޓް ފަންކްޝަނަލިޓީސް (ސީޕީއޭ އަދި ޓީސީޕީއޭ، އީބީއެލް، ވީއާރްއެމް) ބޭނުންކޮށްގެން ކަނޑު މަތީގެ އެކްސިޑެންޓްތައް ހުއްޓުވޭނެއެވެ. ނަމަވެސް ބޯޓުތައް ބަނދަރުގައި ބަނދަރުކޮށްފައި ހުންނައިރުވެސް މި ރާޑަރުތަކުގެ އެހީގައި ކޯސްޓްގާޑާއި އަދި އެހެން ކަމާބެހޭ ފަރާތްތަކަށް އެ ބޯޓުތައް ބޭނުންކޮށްގެން ކުޑަ ރޭންޖެއްގައި ޓްރެފިކް މޮނިޓަރ ކުރެވޭނެއެވެ.

ރާޑަރު ސްކްރީނުން ރާޑަރުގެ ރޭންޖުގެ ތެރޭގައި ހުންނަ ހުރިހާ ޓާގެޓްތަކެއް ދައްކާނެއެވެ. ހުރިހާ އެއްޗެއް ސްކްރީނުން ސާފުކޮށް ފެނުމުން ބޯޓު ދަތުރުކުރުމާއި ބޯޓުގެ ލޮކޭޝަން މޮނިޓަރ ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެއަށް ‘އެއިޑް ޓު ނޭވިގޭޝަން’ މި ނަން ވެސް ކިޔައެވެ.

Leave a Reply

Your email address will not be published. Required fields are marked *