މަސްވެރިރާއްޖެ ވެބްސައިޓް ލޯންޗް ކޮއްފި

މަސްވެރިކަމާއި ގުޅޭގޮތުން ގިނަގުނަ ޓެކްނިކަލް މަޢުލޫމާތާއި ހަބަރު ފޯރުކޮށްދިނުމުގެ ނިޔަތުގައި މަސްވެރިރާއްޖެ ވެބްސައިޓް ލޯންޗް ކޮއްފިއެވެ.

މި ވެބްސައިޓުގެ މައިގަނޑު ބޭނުމަކީ މަސްވެރިންނާއި ވީހާވެސް ގާތުން މަސްވެރިކަމުގެ މައުލޫމާތުގެ ހިއްސާކޮށް ދާއިރާ އިތުރަށް ހަރުދަނާކޮށް ޒަމާނީ މަސްވެރިކަމަކަށް މުޅިސިނާއަތް ބަދަލުކޮށްލުމަށް ބޭނުންވާނެ ހިޔާލުތަށް ކަމުގެ މާހިރުންގެ އެހީތެރިކަމާއިއެކު ގެނެސްދިނުންކަމުގައި ވެބްސައިޓުގެ ފައުންޑަރ އަދި ރާއްޖޭގެ މަސްވެރިކަން ޒަމާނީ ދެމެހެއްޓެނިވި ކަމެއްގެ ގޮތުގައި ކުރެވިދާނެ އެކިކަހަލަ އުފެއްދުންތެރި ހިޔާލުތަށް ފޯރުކޮށްދީ ކުރަމުން އަންނަ ކެޕްޓަން ހަލީމު ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މަސްވެރިންނަށް ބޭނުންވާނެ ޓެކްނޮލޮޖީއާއި އެތަކެތި ބޭނުންކުރާނެ ގޮތްތަކާއި މަޢުލޫމާތުވެސް ވެބްސައިޓުގެ ޒަރިއްޔާއިން ލިބިގެންދާނެކަމަށެވެ.

ކެޕްޓަން ހަލީމް

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަން ނޭވާހޮޅިއަށް އެޅިފައިމިވާ ދަނޑިވަޅުގައި މުޅި ސިނާއަތަށް ބޭނުންވެދާނެ ބަދަލުތަށް އިލްމީ ޙިޔާލުތަކާއި ދިރާސާތަކުގެ އަލީގައި ފޯރުކޮށްދިނުމަކީވެސް އެންމެބޮޑުއެއް އަމާޒު ކަމުގައިވެސް ފާހަގަ ކުރެއްވެވިއެވެ. 

ވެބްސައިޓް ލޯންޗް ކުރުމުގެ ކުރިންވެސް މަސްވެރިކަމާއި ގުޅޭ މައުލޫމާތު މަސްވެރިރާއްޖެ ފޭސްބުކް ޕޭޖްގައި ފޯރުކޮށްދެމުން ގެންގޮސްފައިވެއެވެ.  

Leave a Reply

Your email address will not be published. Required fields are marked *