މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ބަދަލުގައި މަސްވެރިންގެ ބޮޑު ފޯރަމެއް ކިހިނެއް ވާނެ؟

ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު 10 ފާހަގަ ކުރަމުން އަންނައިރު، އެ ދުވަހުގެ މުނާސަބަ ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް ބޭއްވުން ވަނީ އާމުކޮށް ކުރަމުން އަންނަ ކަމަކަށް ވެފައެވެ.

ބޭއްވޭ ޖަލްސާއަކުން މި ސިނާއަތުގެ އަސްލު މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލާއި، ސިނާއަތް ކުރިއަރުވަން، ކުރި އެރުވޭނެ ކަންތައްތަކާއިމެދު ވާހަކަ ދެއްކޭނެ ހެއްޔެވެ؟ މަސްވެރިކަމުގެ ސިނާއަތުގައި މިވަގުތު އުޅުއްވާ ކަމުވޮށިގެންވާ ތަޖުރިބާ ހުރި ކެޔޮޅުންނާއި އޮޑިވެރިންނާއި އަދި މަސް ގަނެ ވިއްކާ ކުންފުނިތަކާއި އެކު ފޯރަމެއްގެ ގޮތުގައި އެއްތަނެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްލާނެ އިންތިޒާމެއް މިއަދު މުހިންމުކަން ދެކެމެވެ. މީ މިވަގުތަށް މި ސިނާއަތް ފަހަތަށް އިތުރަށް ސޮއްސައިގެން ދިޔަނުދިނުމަށް މުހިންމުކަމެއް ގޮތުގައި ދެކި ސަރުކާރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރި ފޯރަމެއް އިންތިޒާމްކޮށް ބާއްވަން ޖެހިފައިވާ އެންމެ މުނާސަބު ވަގުތު ކަމުގައި ދެކެމެވެ. މަސްވެރިން މި ތިބީ އެ އިންތިޒާރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *