ފެން ޕަންޕުތަށް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓުން

ދޯނިފަހަރުގައި އެންދިރުވުމަށް ބޭނުންވާ އޮކްސިޖެން ފޯރުކޮށްދިނުމަށް ލޮނުފެން އެންވަތަށް އެޅުމުގައި ފެންޕަންޕުގެ ބޭނުން ނުހަނު ބޮޑެވެ. އެތަށް ސަތޭކަމޭލެއްގެ ބޭރަށް މަސްއައިން ހޯދުމަށް ނިކުންނައިރު ދޯނީގައި ހުންނަ އެންތަށް ރަނގަޅު ސިއްހަތެއްގައި ބަހައްޓަންޖެހެއެވެ. އެހެންނޫންނަމަ ކިތަންމެ ބޮޑު ގެއްލުމަކާއިވެސް ކުރިމަތިވެދާނެއެވެ. ބޭރު ކަނޑުގައި އޮއްވާ އެންތަށް މަރުވެގެން އަންނަންޖެހުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ލޮނުފެން އަޅަން ބޭނުންކުރާ ޕަންޕުތަށް ރަނގަޅަށް ބަލަހައްޓައި މަރާމާތުކުރުން ވަރަށް މުހިންމެވެ. އެގޮތުން އަޅުގަނޑު މިއަލިއަޅުވާލަނީ ޕެޓްރޯލް ނުވަތަ ޑީސަލް ޕަންޕް ގެންގުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމަށެވެ.    

  • ޕަމްޕުގެ ހޮޅިތަކާއި ޖޮއިންޓް ކަނެކްޝަންތަށް ފަޅައިގެން ގޮސް، ލީކުވެ، ނުވަތަ ހަލާކުވުމުގެ އަލާމާތްތައް ހުރިތޯ ބަލާށެވެ.
  • އަޑީތެޔޮ ހުރިމިންވަރު ޗެކްކޮއް ތެޔޮ މަދުނަމަ ހުންނަންޖެހޭވަރަށް ތެޔޮއެޅުން އަދި ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ތެޔޮ ބަދަލުކުރާށެވެ.
  • ޕަމްޕްގެ ޕާފޯމަންސަށް ހުރަސްއެޅިދާނެ ފިއުލް ފިލްޓަރުތައް ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި ފިއުލް ފިލްޓަރުތައް ގަވާއިދުން ސާފުކުރުން ނުވަތަ ބަދަލުކުރަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ކޫލިންގ ސިސްޓަމް ޗެކްކޮށް ބެލެހެއްޓުންވެސް ވަރަށް މުހިންމެވެ. 
  • ސްޕާކް ޕްލަގް، އަދި ޕަންޕުގައި އަޅުވައިފައި އިންނަ ޒިންކާއި އެހެނިހެން ކޮމްޕޯނެންޓްތައް ހިމެނޭ ގޮތަށް ސާވީސް ގައިޑްލައިންތަކާ އެއްގޮތަށް  ގަވާއިދުން ބަލައި ސާވިސްކޮށް ބަދަލުކުރަންވާނެއެވެ. 
  • ޝަޓް އޮފް ވޯލްވްސް އަދި ޕްރެޝަރ ރިލީފް ވޯލްވްސް ފަދަ ހުރިހާ ސޭފްޓީ ފީޗާސްތައް ރަނގަޅަށް މަސައްކަތް ކުރަމުންދާކަން ޔަޤީންކުރުން.
  • ޕަމްޕް ބޭނުންކުރަނީ ދޭތެރެދޭތެރެއިން ކަމަށްވާނަމަ ފިނިހޫނުމިނުގެ ސަބަބުން ގެއްލުން ނުލިބޭނެ ގޮތަށް ރައްކާތެރިކަމާއިއެކު ބެހެއްޓުމުން ބޭނުންކުރަން ފެށުމުން މައްސަލަޖެހުން ބޮޑުތަނުން ކުޑަވާނެއެވެ.އަދި މިގޮތަށް ބެހެއްޓުމަށްފަހު ބޭނުން ކުރަން ފެށުމުގެ ކުރިން ޕަމްޕް ރަނގަޅަށް ސްޓާޓްވެ، މައްސަލައެއް ނެތި މަސައްކަތްކުރޭތޯ ބަލަންވާނެއެވެ. 
  • މެއިންޓެނަންސް ހަރަކާތްތަކާއި މަރާމާތުތަކުގެ ލޮގެއް (ފައިލެއް) ގެންގުޅުމަކީ ގަޑިންގަޑިއަށް ކުރަންޖެހޭ މަރާމާތުތަށް ހަނދާނުން ނުނެތި ކުރެވިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ޕަންޕުތަކުގެ އުމުރު ދިގުވެ އެކަން ބަލަހައްޓައި ފަރާތްތަކަށްވެސް ނުހަނު ފަސޭހަވެގެންދާނެއެވެ.

އެހެންކަމުން މިބުނެވުނު ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ މެއިންޓެނަންސް ޝެޑިއުލަށް ތަބާވެ، ކަންކަން ތަރުތީބު ކުރުމުން ޕަންޕަށްޖެހޭ މައްސަލަތަށް މަދުކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *