މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުންފުޏެއް ހަދަނީ

މަސްވެރިކަމާއި ބެހޭ ވުޒާރާއިން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން” ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމައިފިއެވެ.

ކެބިނެޓް ބައްދަލުކުރެއްވުމުގައި ވަނީ ހުރިހާ ވަޒީރުންގެ އިއްތިފާގުން އެ ކުންފުނި ހެދުމަށް ނިންމައިފައެވެ. މި ކުންފުނީގެ ބޭނުމަކީ މަސްވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމެވެ. “ވަކި އިދާރާއެއް ގޮތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ވަނީ ނިންމައިފައި،” ޝަހީބު ވިދާޅުވި އެވެ. އެ ކުންފުނި އުފައްދަން ބޭނުންވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ

ރައީސް ވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް އުފައްދައި، މަސްވެރިކަން ޕްރޮމޯޓު ކުރަން ވަކި ކުންފުންޏެއް އުފައްދެވުމަށް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހައްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *