ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަކަށް މިފްކޯ ހަދައިފި

ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރ އަހުމަދު ޝީޔާމާއި ފިނޭންސް މިނިސްޓަރާއި, އެސްޓީއޯ އަދި މިފްކޯގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

1993 ވަނަ އަހަރު ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި އުފައްދައިފައިވާ މިފްކޯ 2016 ވަނަ އަހަރުންފެށިގެން ހިންގަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ. ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއަކީ ހަރުދަނާ އަދި ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަގުސަދުގައި ނިންމި މިނިންމުމުން ރަނގަޅު ނަތީޖާއެއް ދެކުމަށް މަސްވެރިން ތިބީ ކެތްމަދުވެފައެވެ. 

ދާދިފަހުން ނެރުނު މިފްކޯގެ އޮޑިޓް ރިޕޯޓުން ފާހަގަވި ގޮތުގައި މުޅިކުންފުނިވަނީ ކޮރަޕްޝަނުން ތަތްތެޅިފައެވެ. އެތައް މިލިއަން ރުފިޔާއެއް ނާޖާއިޒް ގޮތުގައި އެކިފަރާތްތަކަށް ލިބިފައިވާކަން ފެންނަން އެބަހުއްޓެވެ. މިފްކޯ ހިންގުމުގައި އެހައިބޮޑަށް ދޯހަޅިވެފައިވުން އެއީ މަސްވެރިކަމުގެ ސިނާއަތް ފަތުއަޑުކިޔައިފައި އަޑިއަށް ދިޔަދިޔުން ކަމުގައި ގިނަބަޔަކު ދެކެވެއެވެ.

މަސްވެރިކަމުގެ ސިނާއަތް ވެންޓިލޭޓަރުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ދާދިފަހުން ސަރުކާރުން ވަނީ މަސްވެރިކަން އިޝްތިހާރުކުރަން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން އެންޑް ޕްރޮމޯޝަންގެ ނަމުގައި ކުންފުންޏެއް ހެދުމަށް ނިންމައިފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *