ހުއިފިލަނޑާ އާލާކުރުމަށް ހިލޭއެހީ ދެނީ 

މަސްވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއާއި  ވާލްޑް ބޭންކު ގުޅިގެން ހުއިފިލަނޑާ އާލައިކޮށް ވިޔަފާރި ކުރާފަރާތްތަކަށް ހިލޭ އެހީދިނުމަށް ނިންމައިފިއެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ ނިލަންދޫއަށް މިއަދުވަޑައިގެން އެކަމުގެ މައުލޫމާތު އެރަށުގައި އެވިޔަފާރި ކުރާފަރާތްތަކަށް ވަނީ ހިއްސާކުރައްވައިފައެވެ.

ހުއިފިލަނޑާ އާލާކޮށް އެވިޔަފާރި ފުޅާކުރުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނެ ކަމެއްގޮތުގައިވެސް ފާހަގަކުރެއްވެވިއެވެ.

މީމިމަސައްކަތް ކުރާ ފަރާތްތަކަށް އެބޭފުޅުންގެ ވިޔަފާރި ފުޅާކޮށް އިތުރުހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްކަމަށް މިވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އިސްމާއިލް މަސްވެރިރާއްޖެއަށް އިންޓަވިއުދެމުން ފާހަގަ ކުރެއްވެވިއެވެ. އަދި އެބޭފުޅާ ފާހަގަކުރެއްވިގޮތުގައި ހުއިފިލަނޑާ އާލާކުރުމަށް ބޭނުންވާނެ ޓެކްނިކަލް މައުލޫމާތު ކަމުގެ ތަޖުރިބާކާރުންގެ އެހީގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން އެހީތެރިވެދިނުމަކީ ކަމުގެ ކޮލިޓީރަނގަޅުވެ ކުރިއަށްދިއުމަށް އިތުރަށްމަގުކޮށިގެން ދާނެކަމެއްގެ ކަމުގައެވެ.

ހުއިފިލަނޑާގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން  އިސްކަމެއްދީގެން  ކުރިއަށްގެންދާއިރު, ފުޅާދާއިރާއެއްގައި ހުއިފިލަނޑާ  އާލާކުރުމުގެ ވިޔަފާރި ކުރަމުންއަންނަ ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފައިވާކަން ފާހަގަކޮށްލެވެއެވެ.  

Leave a Reply

Your email address will not be published. Required fields are marked *