ރީދޫ އުރަހަ ކަންނެލި

ރީދޫ އުރަހަ ކަންނެލި (ޔެލޯފިން ޓޫނާ) (Thunnus Albacares) އަކީ ހޫނު ކަނޑުތަކުގައި ހުންނަ ކަޅުބިލަ މަހުގެ ވައްތަރެކެވެ. މި ލިޔުމުގައި ކަންނެއްޔާއި ބެހޭ މަޢުލޫމާތު ކޮޅެއް ހިއްސާކޮށްލާނަމެވެ.

ސައިންޓިފިކް ނަން:

ޢިލްމީ ނަން:  Thunnus Albacares

އާއިލާ: Scombridae

ތަރުތީބު: Perciformes

ޖިންސް: Thunnus

ކަންނެއްޔަކީ ހަށިގަނޑުގެ ގޮތުން ބޮޑު މަހެކެވެ. މީގެ ދިގުމިނުގައި 4 ފޫޓާއި 7 ފޫޓު ދެމެދުގެ ދިގުމިނެއް ހުރެއެވެ. އަދި ބަރުމިނުގައި 18 ކިލޯ އާއި 80 ކިލޯ އާއި ދެމެދުގެ ބަރުމިނެއް ހުރެއެވެ. މަތީ ހަށިގަނޑުގެ ކުލައަކީ ގަދަ ކަނޑު ނޫ ކުލައަކަށް ވާއިރު، ތިރީ ފަރާތާއި ބަނޑުގައި ރިހި ކުލައެއް ހުނަންނާނެއެވެ. އާއްމު ގޮތެއްގައި ކަންނެލި ދިރިއުޅެނީ 18 ޑިގްރީ ސެލްސިއަސް އާއި 31 ޑިގްރީ ސެލްސިއަސް އާއި ދެމެދުގެ ފިނިހޫނުމިނުގައެވެ. ގިނަ ފަހަރަށް ކަނެނި އެންމެ ކިނައިން ފެންނާނީ އެތެރެވަރިންނެވެ.

ކަންނެއްޔަކީ ދުނިޔޭގެ ޓްރޮޕިކަލް އަދި ސަބްޓްރޮޕިކަލް ކަނޑުތަކުގައި އުޅޭ މަހެކެވެ. އަދި މި މަސް އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގައި ވެސް ދިރިއުޅެއެވެ. މި މަހަކީ ތަފާތު ކުދި މަސްތަކާއި، ބޯވާދިލަ މަހާއި، އަދި ކްރަސްޓޭޝިއަން ފަދަ ތަކެތިން ކާނާ ހޯދާ މަހެކެވެ. އަދި މިއީ ބާރު ސްޕީޑުގައި ކާނާ ހޯދުމަށް ދަތުރުކުރާ މަހެކެވެ. ހަމަ އެހެންމެ މިއީ ވަރަށް ބޮޑަށް ހިޖުރަކުރާވެސް މަހެކެވެ. ކަންނެއްޔަކީ ގަޑިއަކު 75 ކިލޯމީޓަރު އަށް ދަތުރު ކުރުމުގައި މަޝްހޫރު އެއްޗެކެވެ.

ނަންނެލި އާލާވާނީ ބޭރަށް ދަރިމައިވުމުގެ ތެރެއިންނެވެ. އޭގެ މާނައަކީ އަންހެން ކަންނެލި ބިސް އެޅުމުން އޭގެ ފިރިހެން ފަނީ ބައްދަލުކުރާނީ ކަންނެނީގެ ހަށިގަނޑުން ބޭރުގައެވެ. އާންމުކޮށް ސްޕޯނިންގ (ބިސް އެޅުން) ހިނގަނީ ޓްރޮޕިކަލް ކަނޑުތަކުގެ ސަރަހައްދު ތަކުގައެވެ. ވުމާއެކު މިއީ އާލާ ވުމަށް ވަގުތު ނަގާ މަހެއްކަމުން މާގިނައިން ކަންނެލި މަސްވެރިކަން ކުރުމުން މި މަސް ނެތި ދިއުމުގެ ބިރު އޮތް ކަމެއްކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ. މި ބާވަތް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓުގައި ހިމެނެނީ ނީއާ ތްރެޓެންޑް (ހުސްވެދާނެ) ކަމުގެ ބިރު އޮތް މަހެއްގެ ގޮތުގަ އެވެ.

މިއީ ރަހަ މީރު މަހެކެވެ. އޭގެ ސަބަބުން ވަރަށް އަގުހުރި އެއްޗަކަށްވެސް ވެއެވެ. އަދި މިއީ ސުޝީ އާއި ސަޝިމީ ހެދުމުގައި ވެސް ވަރަށް މަގުބޫލު މަހެކެވެ. އަދި އާންމުކޮށް ގްރިލްކޮށް، ރޯކޮށް، ނުވަތަ ކެއުމުގެ އެކިއެކި ތައްޔާރީތަކުގައިވެސް ބޭނުންކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *