މަސްވެރިކަމާ ބެހޭ ތަޢުލީމް ދިނުމަށް ކޮލެޖެއް ޤާއިމްކުރަނީ

މަސްވެރިކަމުގެ ކޮލެޖު އުފެއްދުމުގެ މަސައްކަތް ކުރުމަށް ޤައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މި ކޮލެޖް ވެގެންދާނީ މިކަމަށް މަގު ފަހިވެގެންދާނެ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުޤީ ވިދާޅުވީ، މި ކޮލެޖާއެކު މަސްވެރިކަމުގެ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި މިއީ ވަރަށް މުހިންމު ކޮލެޖަކަށް ވެގެންދާނެކަމަށެވެ.

މި ޔުނިވާސިޓީގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ފުރުސަތު އޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް މި ކޮލެޖުގެ ކޯސްތައް ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *