މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކާ އެކަމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލައި ޢައްޔަންކުރާ މީހުންގެ ކިބައިގައި، ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި؛

ހ. ދިވެހި ރައްޔިތަކު ކަމުގައިވުން

ށ. މަސްވެރިކަމުގައި މިހާރުވެސް ޙަރަކާތްތެރިވާ ފަރާތަކަށްވުން

ނ. އުމުރުން 18 އަހަރު ވެފައިވުން

ރ. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛ ހިމެނެއެވެ.

ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 2023 ޑިސެންބަރ28 ފެށިގެން، 2024 ޖެނުއަރީ 11 ވަނަ ދުވަހު މެންދުރު 13:30 ގެ ނިޔަލަށް ކަމަށް އިއުލާނުގައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *