މަސްވެރިޔާ މޯބައިލް އެޕްލިކޭޝަން

މަސްވެރިޔާ އެޕަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ރަނގަޅު އަގެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވިއްކޭނެއެވެ. މިއީ މަސް ވިއްކާ ފަރާތާއި މަސް ގަންނަ ބޭނުންވާ ދެ ފަރާތް ގުޅުވައިދޭ ބައިވެރިޔާއެވެ. މި އެޕްގެ ސަބަބުން ރާއްޖޭން ބޭރުގެ ފަރާތްތަކަށް މަސްވެރިންނާއި އެއްވެސް މެދުވެރިއަކުނެތި ގުޅުވައިދޭނެއެވެ. އެއިރުން މަސް ބޭރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަގުވެސް ފަހިވެގެންދާނެއެވެ. މި ކަން މިގޮތަށް ކުރިއަށްގޮސްފިނަމަ މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަދެގެންދާނެއެވެ.

ސަބްސިޑީ ދީގެން ސިނާޢަތެއް ހިންގާނަމަ އެވާނީ އިޖުތިމާޢީ ޙިދުމަތަކަށެވެ. ސިނާޢަތެއްނަމަ އެސިނާޢަތަކުން ޤައުމަށް ނުވަތަ ރައްޔިތުންނަށް ފައިދާ ވާންޖެހޭނެއެވެ. އަޅުގަނޑުމެން ހެދި ދިރާސާއަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރު ތަކުގައި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައެއްނުވެއެވެ. އޭގެ ސަބަބުން މިއަދު މަސްވެރިކަމުގެ ސިނާޢަތްވަނީ ނެތި ދިއުމާއި ކައިރިއަށް ގޮސްފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބުމަށް އެހީތެރިވެދޭނެއެވެ. އަދި މިސިނާޢަތު އިތުރު ހަރުފަތަކަށް ޖެހިލާނެއެވެ.

މަސްވެރިޔާ އެޕަކީ ވަގުތުނެތި ބުރަކޮށް މަސައްކަތް ކުރާ ބޭފުޅުންނަށް ވަރަށް މުހިއްމު އެޕަކަށް ވެގެންދާނެއެވެ. އޮފީހުގައި ހުރެލާފައި މަސްމާރުކޭޓުން މިއަދު މަސް ގަތުމުގެ އިންތިޒާމް މިވަނީ މި އެޕްލިކޭޝަންއާއެކު ހަމަޖެހިފައެވެ. އަދި ހަމަ އެހެންމެ މަސް ގަންނަށް ބޭނުންވާ ފަރާތްކަށް މި އެޕްލިކޭޝަންގައި ޕޯސްޓެއް ޖަހާލުމުން މަސް ވިއްކާ ފަރާތްތަކަށް ނޮޓިފިކޭޝަން ލިބޭނެއެވެ. އެއިރުން މަސްވިއްކާ ފަރާތްކަށް ގިނަބަޔަކަށް މަސް ވިއްކުމުގެ މުއާމަލާތް ކުރެވިގެންވެސް ދާނެއެވެ.

މަސްވެރިޔާ އެޕް ބެހެނީ ދެބަޔަކަށެވެ. އެއީ މަސް ވިއްކާ ފަރާތްތަކަށް ޕޯސްޓްތަށް ޖެމުމަށް ހަދާފައިވާ މަސްކެޔޮޅު އެޕާއި މަސް ގަންނަށް ބޭނުންވާ ފަރާތްކަށް (ކަސްޓަމަރ) ހަދާފައިވާ މަސްވެރިޔާ އެޕެވެ. މި އެޕްލިކޭޝަން ވަނީ އެންޑްރޮއިޑް އަދި އެޕަލްގެ ފޯނުތަކަށްވެސް އެޅޭގޮތް ހަދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *