އދ. މަހިބަދޫ އަސުރުމާ-2

އަސުރުމާ-2 (ރެޖިސްޓަރީ ނަންބަރު P1771B-01-04-I) އަކީ 2008 ވަނަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމަށް ފައްކާކޮށްގެން އދ. މަހިބަދޫގައި އުފައްދާފައިވާ އެންމެ ފުރަތަމަ ފައިބަރު ދޯންޏެވެ. މިދޯންޏަކީ 90 ފޫޓު ދިގު 24 ފޫޓު ފުޅާ ދޯންޏެކެވެ. މި ދޯނީގައި 15 – 20 ފަޅުވެރިންނާއި ދެމެދުގެ އަދަދަކަށް ފަޅުވެރިން ގެންގުޅެވޭނެއެވެ.  މި ދޯނި ބަނދެ އަދި ފަރުމާކޮށްފައިވަނީ އޯޝަންވިކްޓަރީ ބޯޓްޔާޑުންނެވެ. މާވަޑިއަކީ ހއ.އިހަވަންދޫ ގިރިޓީގޭ ޢަބްދުއްޞަމަދު އަލީއެވެ.

މި ދޯނީގައި އަޅާފައިވަނީ ދޫސާން ޑައިވޫ 480 ހޯސްޕަރުގެ އިންޖީނެކެވެ. އަސުރުމާ-2 ގެ ކެޔޮޅަކީ އދ. މަހިބަދޫ އަހުރުމާގެ ހަސަން އިނާޔަތެވެ. މި ދޯނި ބޮޑުކަންނެލީގެ މަސްވެރިކަމުގައި މެދުކެޑުމެއްނެތި ހަރަކާތްތެރިވާތާ މިހާރު 12 އަހަރު ވެއްޖެއެވެ.

Leave a Reply

Your email address will not be published. Required fields are marked *