ފިޝަރީޒް މިނިސްޓްރީއަށް މުވައްޒަފުން ހޯދަނީ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ގެޒެޓްގައި އިއުލާނު ކޮށްފައިވަނީ ސީނިއަރ ކޮމްޕްލަޔަންސް އޮފިސަރ، އެސިސްޓެންޓް ފިޝަރީޒް އޮފިސަރ އަދި ޕްރޮޖެކްޓް އެސިސްޓަންޓުގެ މަގާމަށް މީހުން ހޯދުމަށެވެ.

ކޮއްފައިވާ އިއުލާނުގައި ސީނިއަރ ކޮމްޕްލަޔަންސް އޮފިސަރ ގެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ؛

  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާޢި ޚިލާފުވާ ފަރާތްތަކާއި މެދު އިދާރީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން، އަދި އެމަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދާނެ ގޮތުގެ އެސް.އޯ.ޕީތައް ތައްޔާރުކުރުން
  • މަސްވެރިކަމާއި މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކުރުމާއި ގުޅޭގޮތުން އަދި ކޮމްޕްލައަންސް ސެކްޝަނުން ކުރިއަށްގެންދާ އިންސްޕެކްޓްތަކުގައި ޢަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުން އެސް.އޯ.ޕީތައް އެކުލަވައިލުން
  • ދިވެހިރާއްޖޭގައި ކުރެވޭ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތަކާއި، އެކުއަކަލްޗަރ އަދި ކަނޑުގެ މުއްސަނދިކަން ބޭނުންކޮށް ބަލަހައްޓާ ރާވާ ހިންގުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ރިވިއުކުރުމުގެ މަސައްކަތް ކުރުން
  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމާއި ތަންފީޒީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުން

އެސިސްޓެންޓް ފިޝަރީޒް އޮފިސަރ ގެ މަގާމުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި އިލާނުގައި ވަނީ؛

  • ޑިއުޓީ އުނިކޮށްފައި މަސްވެރިންނަށް ދޫކުރާ ޑީސަލް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތް ކުރުން
  • މަސްވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން/ޕްރޮޕޯސަލް ތަކުގެ މަޢުލޫމާތު ހަމަކުރުމަށްފަހު އިވެލުއޭޝަން ކޮމެޓީއަށް ހުށަހަޅަން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން
  • މަސްވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ހުއްދަ ދޫކޮށްފައިވާ މަޝްރޫޢުތައް ހިންގުމަށް ގެންނަތަކެތީގެ އާއި އަދިވެސް މިނިސްޓްރީ އިން ހުއްދަ ދޫކުރާ މަޝްރޫޢުތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީގެ ޑިއުޓީ މަޢާފް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން
  • ދިގުމުއްދަތުގައި އަގުއަދާ ކުރާގޮތަށް މަސްވެރިންނަށް ދޫކޮށްފައިވާ ދޯނިފަހަރުގެ ލޯނުގެ އިދާރީ މަސައްކަތްކުރުމާއި ދިގުމުއްދަތުގައި އަގުއަދާކުރާ ގޮތަށް މަސްދޯނިފަހަރުގައި މިނިސްޓްރީން އަޅާދީފައިވާ އިންޖީނު ލޯނުގެ އިދާރީ މަސައްކަތް ކުރުން

އަދި ހަމައެއާއެކު ޕްރޮޖެކްޓް އެސިސްޓެންޓްގެ މައިގަނޑު މަސައްކަތެއްގޮތުގައި ކުރަން ޖެހޭނެކަމަށް އިއުލާނުގައިވަނީ ކުރީޒަމާނުގައި މަސްވެރިކަން ކޮށްފައިވާގޮތުގެ މައްޗަށް ނެގިފައިވާ ތަފާސް ހިސާބާއި މިހާރުގެ މަސްވެރިކަމުން އެއްކުރެވޭ ތަފާސް ހިސާބުތަށް އެއްސިސްޓަމަކަށް ގުލުވައި މަސްވެރިކަމުގެ ތަފާސް ހިސާބުތަށް ބެލެހެއްޓުމުގައި އެހީތެރިވެދިނުމެވެ.

މި ވަޒީފަތާކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކް އިހްތިޔާރު ކުރައްވާށެވެ.

https://www.gazette.gov.mv/iulaan?office=ministry-of-fisheries-and-ocean-resources

Leave a Reply

Your email address will not be published. Required fields are marked *