ހއ އަތޮޅަށް ހުޅުވައިލައިގެން ބޭއްވި މަސްރޭހުގެ އެއްވަނަ “މަސްވެރި އިހަވަންދޫ” ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އިސްނެގުމުގެ މަތިން މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫއިން ފާހަގަ ކޮށްފިއެވެ. އެގޮތުން އިހަވަންދޫގައި މިއަދު ވަނީ ހއ. އަތޮޅަށް ހުޅުވާލައިގެން މަސްރޭހެއް ކުރިއަށް ގެންގޮސްފައެވެ.

މަސްރޭހުގައި 4 ރަށަކުން 14 ޓީމެއް ބައިވެރިވުމަށް ރަޖިސްޓަރީވެފައިވެއެވެ. އެއީ އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އާރުޑީސީ އިހަވަންދޫ ސައިޓް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކްލަބް ޕޯލްސްޓަރ، މަސްވެރި އިހަވަންދޫ، އުލިގަމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ހިޔާ ފައުންޑޭށަން އަދި އުތީމް ކައުންސިލެވެ. އެހެންނަމަވެސް މީގެތެރެއިން ބައެއް ޓީމްތަކުން މުބާރާތުގައި ބައިވެރިވެފައި ނުވެއެވެ.

މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ހާސިލްކޮށް މަސްވެރި އިހަވަންދޫ ޓީމުންވަނީ 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހާސިލް ކޮށްފައެވެ. ދެވަނަ ޓީމެއްގޮތުގައި ހިޔާފައުންޑޭށަން ޓީމުންވަނީ 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހާސިލްކޮށްފައެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބާނައިގެން 1000 ރުފިޔާ ހާސިލްކޮށްފައިވާނީ ހިޔާ ފައުންޑޭށަންގެ ޓީމުގެ މެމްބަރ އަހުމަދު އާތިފްއެވެ. އަދި އެންމެ ބަރުމަސް ބާނައިގެން 1000 ރުފިޔާ ގެ ފައިސާގެ އިނާމު ހާސިލް ކޮށްފައިވަނީ މަސްވެރި އިހަވަންދޫގެ ޓީމުގެ މެމްބަރ އާނިފް އެވެ.

މަސްރޭހުގެ އިތުރުން 2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ވަނީ މަސްވެރި އާއިލީ ހަވީރަކާއި މަސްވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުލަގަދަ ޖަލްސާއެއްވެސް ބައިއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *