މަސްވެރިން ދަރަނިވެރިވެ ދޯނިތަށް ހުއްޓެނީ, ސަރުކާރު ރިއެކްޓެއް ނުކުރައްވާ

މިފްކޯއަށް ކިރުވި މަހަށް ފައިސާނުލިބި 2 މަސްދުވަހަށްވުރެއް ގިނަދުވަސްވެ މަސްދޯނިތަށް ހިންގުމަށް ބުރޫއަރައި ފަޅުވެރިންނާއި އޮޑިވެރިންނަށް މާލީ ދަތިކަމާއި ވަރަށް ބޮޑަށް ކުރިމަތިވެއްޖެއެވެ. 

މަސްވެރިރާއްޖެއަށް މައުލޫމާތު ދެއްވަމުން ގއ ވިލިގިނލީގެ ކެޔޮޅަކު ބުނީ ފަޅުވެރިންތައް މާޔޫސްވެ މަހައް ނިކުތުމުގެ ރޫހު ކުޑަވެފައިވާކަމަށެވެ. އަނބިދަރިންގެ ހަރަދުބަރަދު މެނޭޖުކުރަން ވަރަށްބޮޑަށް ދަތިވެ ދިރިއުޅުމަށްވެސް ބުރޫއަރައިވާކަމަށެވެ. “އެހެންނޫންތޯ ވަނީ ކޮންމެބޭފުޅެއްގެވެސް އާންމުދަނީއަށް ހުރަސްއެޅިއްޖެނަމަ ކިހިނެއްތޯ ކަންކަން ކުރާނީ ކިހިނެއްތޯ ހަރަދު ކުރާނީ ދެން ވަރަށް ދެރަ” ވަރަށް ނުތަނަސްވަސްކަމާއި އެކު ބުންޏެވެ.

މިފަހުގެ ތާރީހެއްގައި މިހައިބޮޑަށް މިފްކޯއިން ފައިސާލިބުން ލަސްވެފައި ނުވާކަމަށް މަސްވެރިންފާހަގަ ކުރައްވައެވެ. މިނިސްޓަރ ޝިޔާމުގެ އަމިއްލަފުޅު ރަށް ޅ ނައިފަރުން ކަންބޮޑުވުން ފާޅުކުރެއްވެވި މަސްވެރިޔަކު މަސްވެރިރާއްޖެއަށް ފާހަގަކުރެއްވީ ކުރެޑިޓަށް މަސްކިރުވުން މައްސަލައެއް ނެތްކަމަށާއި, ނަމަވެސް ފައިސާ ޖަމާކުރަން ބުނާޕީރިއެޑްގައި ޖަމާނުކުރެވިއްޖެ ނަމަ ޖޫރިމަނާ ހިނގަންޖެހޭނެ ކަމަށެވެ. މިކަމަކީ ދެކޮޅުޖެހޭ ކަމަކަށް ހަދަންޖެހޭކަމަށް އެބޭފުޅާ ފާހަގަކުރެއްވެވިއެވެ. 

ރ އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުންއަންނަ މަޑުއްވަރީ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ކެޔޮޅެއްގެ އަތްބަނކު ފާހަގަކުރެއްވީ ގޭތެރޭގެ ހަރަދުތަށް މެނޭޖްކުރަން ވަރަށް ދަތިވެއްޖެކަމަށެވެ. ދަރިންގެ ކިޔެވުމަށް ބޭނުންވާ ބައެއްތަކެތި ހަމަޖެއްސޭގޮތް ވެފައިނުވާކަމަށެވެ. “ފޮތުގައި ޖައްސައިގެން މިހާރު މިހަމަޖައްސަން ޖެހެނީ, މީ އަޅުގަނޑު ވަރަށް ނުރުހޭކަމެއް އެކަމަކު މިކަން ނުކޮށްވެސްނުވެ، ގަރުބަގަތީންސުރެއް ހަރަދު ހިނގާނެންނު ދެއްތޮ’ މަޑުމޮޅި ރާގެއްގައި ފާހަގަކުރެއްވެވިއެވެ. 

މީގެ އިތުރުން އޮޑިވެރިއެއް ފޭސްބުކުގައި ލިއުއްވާފައިވަނީ އުމުރުދުވަހު މަސައްކަތްކޮށްގެން މިހައި ބޮޑު އިންވެސްޓްތަށް ކޮށްގެންމިތިބީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް މަސައްކަތްކުރަން ތިބޭ ފަޅުވެރިންނަށް އާންމުދަނީ ނުލިބި ބޮޑުތަނުން ލަސްވަންޏާމު މިކަންކުރަން ވަރަށް އުނދަގޫތަށް ކުރިމަތިވާ ކަމަށާއި, މިހާރުވެސް ބައެއް ފަޅުވެރިން މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލާވާހަކަ ބުނެފައިވާ ކަމަށެވެ.

މިހުރިހައި ކަމެއްގެތެރޭގައި މަސްވެރިން ގަނަތެޅެމުންދާއިރުވެސް ސަރުކާރުން މިކަމަށް ރިއެކްޓް ނުކޮށް ބަހެއް ނުލިބިދިގުލައިގެން ދިއުން އެއީ މަސްވެރިންނާއި އާއިލާތަކަށް ލިބޭނެ އިތުރުހިތާމައެއް ގޮތުގައި މަސްވެރިން ފާހަގަ ކުރައްވައެވެ. މަސްވެރި ރާއްޖެއަށް މަޢުލޫމާތު ލިބުނު ގޮތުގައި މިނިސްޓަރ ޝިޔާމު މިދުވަސްކޮޅު އުޅުއްވަނީ ކެންޕެއިންކުރެއްވުމުގައި ވަރަށް ބުރަފުޅުކޮށެވެ.  

Leave a Reply

Your email address will not be published. Required fields are marked *