މަސްވެރިންނަށް ނުދެވި ހުރި ފައިސާއިން ބައެއް މާދަމާ ޖަމާކުރަނީ

މަސްވެރިންއަތުން މިފްކޯއިން ކްރެޑިޓައް މަސްގަނެ ނުދެވިހުރި ފައިސާއިން 100 މިލިޔަން ރުފިޔާ މާދަމާ ޖަމާކޮއްދޭން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ​ ޕޯސްޓެއްގައި ވަނީ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މަސްވެރިންނަށް 100 މިލިޔަން ރުފިޔާ މާދަމާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބޭތާ 2 މަސްދުވަހަށްވުރެއް ގިނަދުވަސް ވުމުގެ ސަބަބުން ގިނަ މަސްވެރިންނާއި އޮޑިވެރިން ދިޔައީ ކަންބޮޑުވުންފާޅުކުރަމުންނެވެ. 

އެގޮތުން މަސްވެރިންނަށް މިހާ ހައްސާސް އަދި މާލީ ބޮޑު ތާށިކަމެއްގައިވަނިކޮށް މިފައިސާދިނުމަށް ސަރުކާރުން ނިންމުމަކީ މަސްވެރިންނަށް ލިބިގެންދާނެ ވަރަށްބޮޑު އުފަލެކެވެ.

Leave a Reply

Your email address will not be published. Required fields are marked *