އިހަވަންދޫ އައިސްޕްލާންޓައް މައްސަލަޖެހި މަސްވެރިންނަށް ދަތިތަކައި ކުރިމަތިވެއްޖެ

​އައިސްޕްލަންޓައް މައްސަލަޖެހުމުގެ ސަބަބުން މަސްވެރިންނަށް އައިސްލިބުމުގައި ވަރަށްބޮޑަށް ދަތިތަކައި ކުރިމަތިވެއްޖެއެވެ.
މަސްވެރި އިހަވަންދޫ ޖަމިއްޔާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވާގޮތުން މިމިހުގެ 6 ވަނަ ދުވަހުންފެށިގެން އައިސްޕްލާންޓައް ވަނީ މައްސަލަޖެހިފައެވެ. އެހެންކަމުން މަސްވެރިންނަށް އައިސްވިއްކުން މެދުކަނޑާލުމުގެ ސަބަބުން މަސްވެރިން ނުރުހުންފާޅުކުރަމުންދާކަމަށެވެ.

މަސްވެރިކަމަށް ދުއްވަމުންއަންނަ 17 ދޯނި އޮންނަ އިހަވަންދޫގެ ފެނަކަ އައިސްޕްލާންޓައް މައްސަލަޖެހުމުގެ ސަބަބުން ބައެއްދޯނިތައް ނުފުރި މަޑުކުރަން ޖެހިފައިވާކަމަށް މަސްވެރި ރާއްޖެއަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުމަށް އައިސްފައިވަނީ  ކޮންޕްރެޝަރަށް ދިމާވި މައްސަލައަކާއި ހުރެކަމަށް މަސްވެރި އިހަވަންދޫގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ. 

ވީހައިވެސް އަވަހަށް ޕްލާންޓުގެ މައްސަލަ ހައްލުވެ އަލުން އަނބުރާ އައިސް ލިބުން އެއީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުން އަންނަ  މަސްވެރިންނަށް ވަރަށްވެސް ބޮޑު ތަކުލީފެއް ލުއިވާނެ ކަމެއްގޮތުގައި މަސްވެރިން ފާހަގަކުރައްވައެވެ.   

Leave a Reply

Your email address will not be published. Required fields are marked *