ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ މިންވަރު ވަރަށްބޮޑަށް ދައްވެއްޖެ

މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރެއަށް ވަރަށްބޮޑަށް ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ މިންވަރު ވަރަށްބޮޑަށް ދައްވެފައިވާކަމަށް މެޓް އޮފީހުން ބުނެފިއެވެ. 

މެޓް އޮފީހުން “މަސްވެރި ރާއްޖެ”އަށް ބުނީ އެ ސަރަހައްދުތަކުގައި ހަމަ ލޮލަށް ފެންނަ ދުރުމިން، ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭދުވަދިޔަ 24 ގަޑިއިރު، ޚާއްޞަކޮށް މެދުރާއްޖެ ތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށް ވެފައި ކަމަށް އެ އޮފީހުން ބުންޏެވެ. 

އެހެންކަމުން މަސްވެރިން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަށް އެޅުމަކީ މުހިންމުކަމެކެވެ. ކަނޑުގައި ދޯނި ދުއްވާއިރު އިތުރުސަމާލުކަން ދިނުން މުހިންމެވެ. އަދި އުޅަނދުގެ ނިވާކަމެއްނެތް ހިސާބުތަކުގައި އުޅޭއިރު މާސްކު އެޅުންވެސް އެއީ ސާފުނޫން ވައި ހަށިގަނޑަށް ވަނުން ހުއްޓުވިދާނެކަމެކެވެ.

ފާހަގަކޮއްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މިދުވަސްވަރުވަނީ މިގޮތަށް ވައި ނުސާފުވެ، ވެހުނު ވިއްސާރަފެންވެސް ކިލަޔާއެކު ވަރަށްބޮޑަށް ތަގައްޔަރުވެފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *