ރެހި

ރެއްސަކީ ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭ އެމުގެ ތެރޭން ވަރަށް ޚާއްސަ ކަމެއް ދެވިފައިވާ މަހެކެވެ. ރާއްޖޭގެ ވަރަށްގިނަ ފަޅުފަޅަށާއި ފަރުފަރަށް ރެހި އަރައެވެ. ރެއްސަކީ ވަރަށް ފަސޭހައިން ދެމޭ ތިލައިގައިއުޅޭ މަހެކެވެ. ރާއްޖޭގައި ރެހި ކައްކާ ހިއްކައިގެން ކެއުމަށްވެސް ބޭނުންކޮށް އުޅެއެވެ.

Scientific Name: Spratelloides gracilis (Temminck & Schlegel, 1846)
English Name: Silver sprat
Family: CLUPEIDAE
Order: Clupeiformes
Size: Max. 9.5 cm

އެންވެރި ކަމުގައި ރެއްސަކީ އެހެނިހެން އެމާ ހިލާފަށް ގިނައިން ހިފަންޖެހޭ ބާވަތަކަށްވަނީ ވެފައެވެ. ސަބަބަކީ މަހަށްދާ އޮޑީގައި ދިރުވާފައި ބައިތިއްބުމުން އަވަހަށް މަރުވާއެމަކަށް ވާތީއެވެ. މިއީ އެކި މޫސުމަށް އެކި މިންވަރަށް އަރާ އެމެކެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި މިއެން ގިނައިން އަރާ އުޅެނީ ހުޅަނގު މޫސުމުގައެވެ. ހަމަ މިއާއެކު ހުޅަނގު ބިތަށް މިއެން ގިނައިން އަރާއުޅެނީ އިރުވައި މޫސުމުގައެވެ. ރެހި އެންމެ ބޮޑުވަނީ 9.5 ސެންޓިމީޓަރަށެވެ.

ރެއްސަކީ ހިމަ ދިގުކޮށް ރިހި ރެދަން ކުލައިގައި ހުންނަ ކުދި މަހެކެވެ. ނަމަވެސް މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. މަހުގެ އަރިމަތީގައި ފުޅާކޮށް ދިގަށް ރިހި ކުލައިގެ ދަޅައަޅާ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ކަންފަތްގަޑު މަހުގެ ތުނބުން ފެށިގެން ލޮލުގެ ފަހަތުކައިރިއަށް ހުންނަ ދިގު މިނަށްވުރެ ކުރެވެ. ހުޅުނބުތަށް މަހުގެ ނިސްބަތުން ބޮޑެތިވެފައި އަދި ތުންޏެވެ. މި މަހުގެ ކާނާއަކީ ކުދި ފަނި ފަކުސާއެވެ.

Leave a Reply

Your email address will not be published. Required fields are marked *