ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ފުރަތަމަ ފިޔަވަހި ފަށައިފި‏

މިއަދު ގދ މަޑަވެލީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިވް ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ފައްޓަވާދެއްވީ  ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނިވަޑައިގަންނަވާ މިކަމަކީ މަސްވެރިންނަށް ވަރަށްވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި މަސްވެރިން ދެކެއެވެ. ޑައިވްކުރާ ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމުރީނުވެފައި ހުރުމަކީ ދިމާވާހާދިސާތަކުން ރައްކާތެރިވެ އަވަސް ފިޔަވަޅު އެޅިގެންދާނެކަމެކެވެ. 
މި ފްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގއ އަދި ގދ އަތޮޅުގައެވެ. އެގޮތުން ޑައިވަރުން ތަމްރީނުކުރުމަށް ޑައިވުކުރުމުގެ ފަންނީ ތަޖުރިބާހުރި 6 ފަރާތަކާއިއެކު މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.

ރަސްމިއްޔާތައްފަހު މަސްވެރިކަމުގެ ވަޒީރު އަހުމަދު ޝިޔާމު ވަނީ މަސްވެރިންނާއިކު ޑައިވުކުރައްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *