ސަރުކާރުގެ ވަޢުދާއި އެއްގޮތަށް ބޭސްރޭޓުގައި މަސްވެރިންނަށް ޑީސަލް ލިބޭނީ  ކޮންދުވަހަކުންތޯ؟ ބީކޭއެމްޔޫ

މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ލީޓަރަކުން 15 ލާރި އަގުބޮޑުކުރުމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުންފާޅުކޮއްފިއެވެ. 

ބީކޭއެމްޔޫގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކުރުމަށް  މަޝްވަރާތައް ކުރެވެމުންދާއިރު ޑީސަލް ލީޓަރަކުން 15ލާރި  ބޮޑުކުރުން  މިއީ ކިހިނެއް ވާާ ކަމެއްތޯ އައްސަވާ ސުވާލުކުރައްވާފައެވެ.

ބީކޭއެމްޔޫގެ އިސް އޮފިޝަލަކު މަސްވެރިރައްޖެއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްވެރިންނަށް ކިރާމަހަށް ފައިސާ ލިބުން މިހައި ދަތިދުވަސްވަރެއްގައި ޑީސަލްގެ އަގު ބޮޑުކުރުން އެއީ ވަރަށްވެސް ބޮޑު ތަކުލީފަކަށްވާނެ ކަމެއްގެ ގޮތުގައެވެ. 

އެބޭފުޅާ އިތުރަށް ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވަަޢުދުފުޅާ އެއްގޮތަށް ބޭސްރޭޓުގައި މަސްވެރިންނަށް ޑީސަލް ލިބޭނެގޮތް މިހާލަތުގައި ހަމަޖައްސަވައި ދެއްވުން އަވަސްކުރެއްވުން މުހިންމުކަމުގައެވެ.

މަސްވެރިން އެންވެރިކަން ކުރާސަރަހައްދުތަކުން ފަޅުތައް ހިއްކުމަށް ވެލިނަގަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ބީކޭއެމްޔޫއިން ދާދިފަހުންވަނީ ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *