އެންމެފަހުގެ ޒަމާނީ އައިސްޕްލާންޓް 9 ރަށެއްގައި އަޅަނީ

ރާއްޖޭގެ 9 ސަރަހައްދެއްގައި  މަސްވެރިނަނަށް އަމާޒުކޮށްގެން އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވެއްޖެ.

 ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވެފައިވަނީ “މިވަގުތުވެސް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން. މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްއޮތް 6 މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެ 9 ސަރަހައްދުގައި 9 އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމުގައެވެ”. އެގޮތުން މި އައިސްޕްލާންޓްތަށް އެލުމަށް ހަމަޖެހިފައިވާ ރަށްތައް ފާހަގަ ކުރައްވާ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށް ކަމުގައެވެ.

އިތުރު އައިސް ޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ވާހަކަ ސަރުކާރުން ހާމަކުރިއިރު މިހާރުގާއިމް ކޮށްފައިވާ އައިސްޕްލާންޓްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އައިސް ނުލިބޭކަން ގިނަ މަސްވެރިން ފާހަގަކުރެއެވެ. އެގޮތުން ދާދިފަހުން އިހަވަނޫގައި ” “ފެނަކަ” ކޯޕަރޭށަނުން ހިންގާ އައިސްޕްލާންޓް ހަލާކުވެ ހައްލު ނުކުރެވި ގިނަދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް އެކަމުގެ ކަންބޮދުވުން މަސްވެރި އިހަވަންދޫ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

އަދި ހަމައެއާއެކު މަސްވެރި ރާއްޖެއަށް މައުލޫމާތު ހިއްސާކުރަމުން ބައެއް ދޯނިފަހަރުގެ ކެޔޮލުން ފާހަގަ ކުރިގޮތުގައި “މިފްކޯ” އިން ހިންގަމުން އަންނަ ފެލިވަރު އައިސްޕްލާންޓުންވެސް ވޭތުވެދިޔަ ހަފްތާގައި އައިސް ލިބިފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. ޕޮލާންޓްތަށް އިތުރުކުރުމުގެ ވިސްނުމުގެ އިތުރުން މިހާރު އޮޕަރޭޓް ކުރަމުންދާ ޕްލާންޓްތަށް ނުހުއްޓި އޮޕަރޭޓް ވާނެ ގޮތަކަށް އިންތިޒާމުތަށް ބައްޓަންކުރެވިގެން ނޫނީ މަސްވެރިންނަށް އައިހުގެ ތަތިކަމަށް ހައްލެއް ލިބިގެން ނުދާނެކަން ގިނަ މަސްވެރިން ފާހަގަކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *