މަހަށްފުރާނެ ޑީސަލް ކޫއްޑޫއިން އަވަހަށް ލިބޭނޭ ގޮތަކަށް އެދި މަސްވެރިން އާދޭސް ދަންނަވަނީ

މިފްކޯގެ ދެކުނުގެ މަސްފެކްޓްރީ ކޫއްޑޫގައި މަސްވެރިންނަށް މަހަށްފުރާނެ ޑީސަލް ލިބުންދަތިވެ ވަރަށް ބޮޑަށް ކިއު ބޮޑުވެއްޖެއެވެ.

މަސްވެރިރާއްޖެއަށް މަޢުލޫމާތު ދެއްވަމުން ކޫއްޑޫގައި ކިއުގައި މަޑުކޮށްގެން އޮތް ދޯންޏެއްގެ ފަޅުވެރިއަކު ބުނީ މިވަގުތު ތެޔޮލިބެމުންދަނީ އެންމެ ސްޓޭޝަނަކުންކަމަށެވެ. އެހެންކަމުން ދޯނިތަކުގެ ކިއު ވަރަށް ބޮޑުވެފައިވާކަމަށެވެ. “އަޅުގަނޑުމެން ކަނޑުގައި މަސައްކަތްކޮށްފައި ރަށަށް ގޮސް އަނބިދަރިންނާ ބައްދަލު މިވަނީ ހުކުރުދުވަހަށް ނަމަވެސް މިގޮތަށް ބޮޑު ކިއުއެއްގައި މަޑުކުރަންޖެހުމުގެ ސަބަބުން އެއުފާވެރިކަމުންވެސް މަހުރޫމުމިވަނީ” އެފަޅުވެރިޔާ ބުންޏެވެ.

އޭގެ އިތުރުން އެހެން މަސްވެރިޔަކުވެސް ފޭސްބްކުގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ މަސްވެރިކަމުގެ މި ސީޒަނުގައި ރާއްޖޭގެ ގިނަ މަސްވެރިން ތިބީ އެސަރަހައްދުގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސީޒަނަށް ކޫއްޑޫ ތައްޔާރުކޮށްދިނުމަށް މިނިސްޓްރީގައި އާދޭސް ދަންނަވާ ކަމަށް އެޕޯސްޓުގައި ވެއެވެ.

މަހަށްފުރާނެ ޑީސަލް ލިބުން ދަތިވެފައިވެފައިވާ މިދަނޑިވަޅުގައި މަސްވެރިން މިފްކޯއަށް ކިރުވިމަހަށް ފައިސާ ނުދޭތާ ގާތްގަނޑަކަށް ދެމަސްދުވަސް ވަނީކަމަށްމ މަސްވެރިން ދަނީ ބުނަމުންނެވެ. މިއާއިއެކު ސަރުކާރުގައި ވަޒީފާގައި އުޅޭބޭފުޅުންނަށްވެސް ދެމަސްދުވަސް ވަންދެއް މުސާރަ ނުދީފިނަމަ ވާނެގޮތް އިހުސާސް ކޮށްލުމަށް މަސްވެރިން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *